ކ. މާލެ
|
16 ޖެނުއަރީ 2024 | އަންގާރަ 13:03
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާނެކަން އިއުލާނުު ކުރައްވާފައިވާ ވިވެކް ރަމަސްވާމީ
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާނެކަން އިއުލާނުު ކުރައްވާފައިވާ ވިވެކް ރަމަސްވާމީ
ރޮއިޓާސް
އެމެރިކާގެ ރިޔާސީ އިންތިޚާބު
ރަމަސުވާމީ ނަން އަނބުރާ ނަންގަވައި، ޓްރަމްޕަށް ތާއީދުކުރައްވަން ނިންމަވައިފި
ވިވެކް ރަމަސްވާމީއަކީ މަލްޓި މިލިޔަނަރެއް
ރަމަސުވާމީ ވަނީ ޓްރަމްޕަށް އޭނާގެ ފުރިހަމަ ތާއީދު އެބައޮތްކަމަށް ވިދާޅުވެފައި
ޓްރަމްޕަކީ އެމެރިކާ-ފަސްޓް ސިޔާސަތު ގެންގުޅުއްވާ ކެންޑިޑޭޓެއްކަމަށް ވިދާޅުވި

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާނެކަން އިއުލާނުު ކުރައްވާފައިވާ ވިވެކް ރަމަސްވާމީ އޭނާގެ ނަން އަނބުރާ ނަންގަވައި، ޑޮނަލްޑް ޓްރަމްޕަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.

ވިވެކް ރަމަސްވާމީއަކީ މަލްޓި މިލިޔަނަރެކެވެ.

އޭނާ މި ނިންމެވުން ނިންމަވާފައިވަނީ ރިޕަބްލިކަން ޕާޓީގެ ތެރޭގައި ކެންޑިޑޭޓުންނަށް ތާއީދު އޮތް މިންވަރު ބެލުމަށް ނެގުނު ވޯޓަކަށްފަހުއެވެ. އެ ވޯޓުގެ ނަތީޖާއިން ކުރީގައި އުޅުއްވަނީ ޓްރަމްޕެވެ.

ރަމަސުވާމީ ވަނީ ނަން އަނބުރާ ނަންގަވައި، ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން ނިންމަވާފައިވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދު ކުރެއްވުމަށް ނިންމަވާފައިވާކަން ހާމަ ކުރައްވާފައެވެ.

އުމުރުން 38 އަހަރުގެ ރަމަސުވާމީ ވަނީ ޓްރަމްޕަށް އޭނާގެ ފުރިހަމަ ތާއީދު އެބައޮތްކަމަށް ވިދާޅުވެ، ޓްރަމްޕަކީ އެމެރިކާ-ފަސްޓް ސިޔާސަތު ގެންގުޅުއްވާ ކެންޑިޑޭޓެއްކަމަށް ވިދާޅުވެފައެވެ.

އަދި އޭނާއަށް މި އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ބޭނުންތެރިކަމެއް މިވަގުތު ނެތްކަމަށްވެސް ރަމަސްވާމީ ވިދާޅުވެފައިވެއެވެ.

ޓްރަމްޕާ ދެކޮޅަށް ޝަރިއަތްތަކެއް ކުރިއަށް ދާއިރު، އެއީ ސީރިއަސް މައްސަލަތަކެކެވެ. ދަޢުލަތުގެ ސިއްރު ލިޔެކިޔުންތަކެއްގެ ޚިޔާނާތުގެ މައްސަލައިގެ އިތުރުން ޓެކްސަށް މަކަރު ހެއްދެވި ކަމުގެ މައްސަލަވެސް އެބައޮތެވެ. ޓްރަމްޕާ ދެކޮޅަށް ހުރި ދަޢުވާތަކުގެ ލިސްޓަށް ބަލާއިރު، އަބުރުގެ ދަޢުވާވެސް ހިމެނެއެވެ. 

- ކޮމެންޓް