ކ. މާލެ
|
16 ޖެނުއަރީ 2024 | އަންގާރަ 05:37
ފީފާގެ ފެއާޕްލޭ އެވޯޑް ހާސިލްކުރި ބްރެޒިލް ޓީމް
ފީފާގެ ފެއާޕްލޭ އެވޯޑް ހާސިލްކުރި ބްރެޒިލް ޓީމް
ފީފާ
ފީފާ ބެސްޓް އެވޯޑް
ފެއާޕްލޭ އެވޯޑް ބްރެޒިލަށް، ހަވާލުވީ ކުރީގެ ކުޅުންތެރިން
އެވޯޑް ލިބުނީ ނަސްލީ ގޮތުން ދިމާކުރުމާ ދެކޮޅަށް ކަޅު ޖާޒީ ލުމުން

ފީފާއިން ހޮވި މިދިޔަ އަހަރުގެ ކުޅިވަރުގެ ރޫހާ އެއްގޮތަށް ކުޅުނު ޓީމަކަށް ބްރެޒިލްގެ ގައުމީ ޓީމު ހޮވައިފި އެވެ.

ފީފާ ދެ ބެސްޓް އެވޯޑް ހަފުލާގައި މިކަން އިއުލާނުކޮށް އެވޯޑް ދިން މައިގަނޑު ސަބަބަކީ ނަސްލީ އިމްތިޔާޒުތަކާ ދެކޮޅަށް ބްރެޒިލްގެ ގައުމީ ޓީމު ދެއްކި ނަމޫނާ އެވެ. ބްރެޒިލްއިން ވަނީ ރެއާލް މެޑްރިޑަށް ކުޅޭ އެ ގައުމުގެ ކަޅު ނަސްލުގެ ވީނިޝިއަސް ޖޫނިއާ އަށް ބައެއް ޓީމުތަކުގެ ސަޕޯޓަރުން މަލާމާތްކޮށް، ފުރައްސާރަކޮށް، ނަސްލީގޮތުން ދިމާކުރުމާ ދެކޮޅަށް ކަޅު ޖާޒީ ލައިފަ އެވެ.

މިއީ ބްރެޒިލްގެ ތާރީހުގައި ވެސް އެ ގައުމުން ރީނދުލާއި ނޫ ޖާޒީގެ ނޫން ކުލައެއްގެ ޖާޒީ ބޭނުންކުރި ފުރަތަމަ ފަހަރެވެ.

މި އެވޯޑާ ހަވާލުވީ ބްރެޒިލްގެ ކުރީގެ ކުޅުންތެރިންނެވެ. މި ގޮތުން އެވޯޑް ލިބިގަތުމަށް ސްޓޭޖަށް އެރީ 2002 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބު ކުރި ޓިމުގެ ކެޕްޓަން ކަފޫ އާއި ވޯލްޑްކަޕުގައި ދެ ވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަދި ދެ 1994 އާއި 2002 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބު ކުރި ޓީމުގެ ފޯވަޑް ރޮނާލްޑޯ އާއި 2002 ވަނަ އަހަރުގެ ޓީމުގެ ވާތު ބެކް ރޮބާޓޯ ކާލޮސް އެވެ.

- ކޮމެންޓް