ކ. މާލެ
|
15 ޖެނުއަރީ 2024 | ހޯމަ 06:41
އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކާއި މަތިންދާ ބޯޓު އޮޕަރޭޝަންގައި ބެހެއްޓުމަށް ވާހަކަ ދެކެވުނު
އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކާއި މަތިންދާ ބޯޓު އޮޕަރޭޝަންގައި ބެހެއްޓުމަށް ވާހަކަ ދެކެވުނު
ރާއްޖެއެމްވީ
ޑޯނިއާ އަދި މަތިންދާބޯޓު
ޑޯނިއާ އަދި މަތިންދާބޯޓު ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތަކާއި މެދު މަޝްވަރާކޮށްފި
 
ޑޯނިއާ އަދި މަތިންދާބޯޓުތަކުގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ދެފަރާތުން ވެސް މަސައްކަތް ކުރެވޭނެ ހައްލަކާއި ގުޅޭ މަޝްވަރާކުރެވުނު
 
އިންޑިއާ ސިފައިން ފޮނުވާލުމާ ގުޅޭ މަޝްވަރާކުރެވުނު

އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ޑޯނިއާ އަދި މަތިންދާބޯޓު ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތަކާއި މެދު މަޝްވަރާކޮށްފައިވާ ކަމަށް އިންޑިއާއިން ބުނެފިއެވެ.

އިންޑިއާއިން މިހެން ބުނެފައިވަނީ އިންޑިއާ އަދި ރާއްޖޭގެ އިސް ފަރާތްތައް ހިމެނޭގޮތަށް އެކުލަވާލާފައިވާ ކޯ-ގްރޫޕުގައި ކުރެވުނު މަޝްވަރާގައެވެ. ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމާއި ދެގައުމު ގުޅުމާ ބެހޭ އެހެން ގިނަ ކަންތައްތަކާ މަޝްވަރާކުރަން އުަފައްދާފައިވާ ކޯ-ގްރޫޕް އިން ފޮރިން މިނިސްޓްރީގަައި އާދީއްތަ ދުވަހު ބޮޑު ބައްދަލުވުމެއް ބޭއްވިއެވެ. 

ބައްދަލުވުމަށްފަހުއިންޑިއާ ސަރުކާރުން ބުނެފައިވަނީމި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ މިހާރު ހިނގަމުންދާ ތަރައްގީގެ އެއްބާރުލުމުގެ މަޝްރޫއުތައް ހިންގުން އަވަސްކުރުމުގެ އިތުރުން ޕާޓްނަޝިޕް އިތުރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމާ ގުޅޭ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައި ކަމަށެވެ.

އަދި ރާއްޖޭގެ ރައްޔިތުންނަށް އިންސާނީ އަދި މެޑްވެކްގެ ހިދުމަތް ފޯރުކޮށްދޭ އިންޑިއާގެ ޑޯނިއާ އަދި މަތިންދާބޯޓުތަކުގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ދެފަރާތުން ވެސް މަސައްކަތް ކުރެވޭނެ ހައްލެއް ހޯދުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

ރާއްޖެ-އިންޑިއާ ކޯ ގްރޫޕްގެ ބައްދަލުވުމެއް ދެން ބާއްވާނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައެވެ.

ބައްދަލުވުމުގެ މައުލޫމާތު ދެމުން ފޮރިން މިނިސްޓްރީން ބުނީ، ދެ ގައުމުގެ ދެމެދުގައި އޮތް ދާޚިލީ ގުޅުމާ މެދު އަދި ވެފައިވާ އެއްބަސްވުންތަކާ ބެހޭ މަޝްވަރާތައް އެ ބައްދަލުވުމުގައި ކުރެވުނު ކަމަށެވެ.

އަދި އެ ބައްދަލުވުމުގައި ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިން ފޮނުވާލުމުގެ މަސައްކަތް، "ފާސްޓް ޓްރެކް"ގައި ކުރިއަށް ގެންދިޔުމަށް އިންޑިޔާއިން އެއްބަސްވެފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް