ކ. މާލެ
|
14 ޖެނުއަރީ 2024 | އާދީއްތަ 18:54
އިންތިހާބީ މޭޔަރ އާދަމް އާޒިމް
އިންތިހާބީ މޭޔަރ އާދަމް އާޒިމް
އެމްޑީޕީ
އެމްޓީސީގެ ކުރިމަގު
އެމްޓީސީ އަކީ ޤާބިލްތަނެއް، ނުކަތާ ވަރަށް މަސައްކަތްތަކެއް ނެތް - އާޒިމް
އާޒިމް ވިދާޅުވީ މިހާރު ސަރުކާރުން ކަންކަން ކުރަން އުޅޭ ގޮތް ރަނގަޅު ނޫން ކަމަށް
އެމްޓީސީސީ އަކީ ހިންގުން ވަރުގަދަ ކުންފުންޏެއް ކަމަށް އާޒިމް ވިދާޅުވި
އާޒިމް ވަނީ އެމްޓީސީސީ އަކީ ޤާބިލް ކުންފުންޏެއް ކަމަށް ވިދާޅުވެފަ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީ އަކީ ޤާބިލްތަނެއް ކަމަށާޢި ނުކަތާ ވަރަށް މަސައްކަތްތަކެއް ނެތް ކަމަށް އެމްޓީސީސީގެ ކުރިގެ ސީއީއޯ އަދި މާލޭގެ އިންތިޚާބީ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކުރިއަށްގެންދާ އިންފްރާސްޓްރަކްޗަރގެ ގިނަ މަސައްކަތްތައް ހުއްޓިފައި އޮތް ކަމަށް ބުނެ އެކަމާއި މެދު ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އުމްރާނީ މަސައްކަތްތަކަށް އެމްޓީސީސީގެ އިތުރުން، އިތުރު ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ. ސަރުކާރުން ބުނީ އެމްޓީސީސީ އަށް ނުކުރެވޭ ވަރަށް ގިނަ މަސައްކަތްތައް އެ ކުންފުނީގެ ސްކޯޕްގައި އެބަ ހުރި ކަމަށެވެ.

Advertisement

އާޒިމް ވިދާޅުވީ މިހާރު ސަރުކާރުން ކަންކަން ކުރަން އުޅޭ ގޮތް ރަނގަޅު ނޫން ކަމަށެވެ. އެމްޓީސީސީއަކީ ރައްޔިތުންގެ ހިއްސާ އޮތްތަނެއް ކަމަށާއި އެތަނަކީ ގަވަނަންސް ވެސް ވަރުގަދަ ތަނެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެމްޓީސީސީ އަކީ ވަަރަށް ރަނގަޅު ޓީމަކާއި އެކު ވަރަށް ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ހިނގާ ސިސްޓަމެޓިކް، ނަމޫނާ ކުންފުންޏެއް ކަަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން އެމްޓީސީސީ އަށް މަސައްކަތްތައް ނުކުރެވިގެން އިތުރު ކުންފުންޏެއް އުފައްދަން ޖެހޭ ހިސާބަށް ގޮސްފައިވާ ކަމަށް ޤަބޫލުނުކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެމްޓީސީސީ އަކީ އެ ކުންފުންޏެއް އިތުރަށް ވަރުގަދަކޮށް ކުރިއަރުވަން ޖެހޭ ތަނެއް ކަަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް