ކ. މާލެ
|
14 ޖެނުއަރީ 2024 | އާދީއްތަ 14:59
މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
އެމްޑީޕީ ކުރިއަށް ޓުވިޓަރ
ރައީސް މުއިއްޒުގެ ސަރުކާރު
ރައީސް މުއިއްޒު ރާއްޖެއަށް ބޭނުންވާހާ ގޮތެއް ހެދުމުގެ ފުރުސަތެއް ނުދޭނަން: ރޮޒެއިނާ
ކުރިއަށް އޮތްތަނުގައި ރައްޔިތުން ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުނާނެ
މިދިޔަ ފަސް އަހަރު ނައްތާލި ވަޒީފާގެ ބިރުވެރިކަން މިއަދު އެބައޮތް
ވެރިކަމަށް ވަޑައިގެންނެވުމަށް ރައީސް މުއިއްޒު ހެއްދެވި ދޮގުތަކުގެ ހަގީގަތް ދަނީ ހާމަވަމުން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރާއްޖެއަށް ބޭނުންވާހާ ގޮތެއް ހެއްދެވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

އާދަމް އާޒިމް މާލެ ސިޓީގެ މޭޔަރުކަމުގެ އިންތިޚާބު ކާމިޔާބުވުމާއި ގުޅިގެން ބޭއްވި އުފާ ފާޅުކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ރައީސް މުއިއްޒު ރައްޔިތުންނަށް ބޮޑެތި އުދަނގޫތައް ޖައްސަވަމުން ގެންދަވާ ކަމަށެވެ.

ދިރާސީ އައު އަހަރު ބަދަލުކުރުމުން ދަރިވަރުންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަކަށް އިޝާރާތް ކުރައްވައި ރޮޒެއިނާ ވިދާޅުވީ މިހާރު ގްރޭޑް 8ގައި ކިޔަވާ ދަރިވަރުންނަށް ދޮޅު އަހަރުން އޯލަވަލް ހަދަންޖެހުމަކީ ޓީޗަރުންގެ ވެސް ކަންބޮޑުވުމެއް ކަމަށެވެ. ނަމަވެސް މިދިޔަ ފަސް އަހަރު ނައްތާލި ވަޒީފާގެ ބިރުވެރިކަން އެނބުރި އައިސްފައިވާ ކަމަށާއި، އެކަމާއި ދެކޮޅަށް ޓީޗަރުންނަށް ވެސް ސްކޫލުތަކުގެ ވެރިންނަށް ވެސް އަދި އިދާރީ މުވައްޒަފުންނަށް ވެސް ފާޅުގައި ބަސް ބުނަން ނުކެރޭ ކަމަށެވެ. އަދި ވިދާޅުވީ ވަޒީފާގެ ބިރުވެރިކަން ހުރިހާ މުއައްސަސާއަކަށް ވެސް ކުރިމަތިވެފައިވާ ކަމަށެވެ.

Advertisement

މީގެ އިތުރުން އިންޑިިއާ-ރާއްޖޭގެ ޒަމާންވީ ގާތްގުޅުމާއި ގުޅޭގޮތުން ވެސް ރޮޒެއިނާ ވަނީ ވާހަކަދައްކަވާފައެވެ.

ރޮޒެއިނާ ވިދާޅުވީ މި ދެގައުމުގެ ގުޅުމަށް ބުރޫއެރުމުން ނޭދެވޭ އަސަރުކުރަނީ ހަމައެކަނި ޓޫރިޒަމް ސިނާއަތަށް ނޫން ކަމަށެވެ. ގިނަ އަދަދެއްގެ ދިވެހިން އިންޑިއާއަށް އެކި ބޭނުންތަކުގައި ދަތުރުކުރާ ކަމަށާއި ބައެއް އާއިލާތައް އިންޑިއާގައި ދިރިއުޅެމުން ގެންދާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. މި މައްސަލަތަކާއި ގުޅިގެން ދިވެހިންނަށް އެކިއެކި އުދަނގޫތަކާއި އެއާޕޯޓުގެ ކިޔުގައި ތިބޭ ދިވެހިންނަށް އެކަމުގެ ނަފްރަތާއި އުދަނގޫތައް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު އައިސްފައި ތިމަންނާ ހަނޑު ބަސްތާއެއް ދޭނަމޭ، ފުއްބަސްތާއެއް ދޭނަމޭ، ހަކުރު ބަސްތާއެއް ދޭނަމޭ، ބެންކޮކަށް އާސަންދަ ދޭނަމޭ، ޔޫއޭއީއަށް އާސަންދަ ދޭނަމޭ ބުންޏަކަސް ދިވެހިން އެވާހަކަ ގަބޫލެއް ނުކުރާނެ. އަޅުގަނޑުމެން އިންޑިއާއެކު އޮތް ޒަމާންވީ ރަހުމަތްތެރިކަން ބޮޑެތި ދޮގުހަދައިގެން ނަފްރަތަަށް ބަދަލުކޮށްލި މީހަކީ މުއިއްޒާއި، މުއިއްޒުގެ ސަރުކާރުކަން ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިޖެ. ކޮބައިތޯ އިންޑިއާ ސިފައިން ފެނިއްޖެތޯ. ހެދީ ދޮގު. ނޫސްވެރިންގެ ދެކެ ރުޅި އަންނަނީ އެސުވާލު ކޮށްލާއިރަށް. ވެރިކަމަށް އައިސް މިހާ ދުވަސްވާއިރު ސިިފައިންގެ އަދަދު ނުބެލޭ ކަމަށްވަންޏާ ނޭނގޭ ކަމަށްވަންޏާ އޭގެން ވެސް ފެންނަނީ މަނިކުފާނުގެ ނާގާބިލްކަން.
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް

ރޮޒެއިނާ ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވުމަށް ރައީސް މުއިއްޒު ހެއްދެވި ދޮގުތަކުގެ ހަގީގަތް ރައްޔިތުންނަށް ހާމަވަމުންދާ ކަމަށާއި، ދެއްކެވި އެއްވެސް ވާހަކަފުޅެއް ސާބިތުކޮށް ނުދެވޭ ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ މިހާރުގެ ސަރުކާރުން ނުކުތީ ފިތުނައިގެ ދޮލަނގުގެ އިތުރުން ނަފްރަތުގެ ދޮލަނގު ވެސް ހިފައިގެން ކަމަށެވެ. ދިވެހި ރައްޔިތުންނަށް ބޮޑެތި އުދަނގޫތައް ޖައްސަމުންދާއިރު، ރައީސް މުއިއްޒު ބޭނުންފުޅުވާހާ ގޮތެއް މިގައުމަށް ހެދުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރައްޔިތުން ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުނާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް