އޭޝިއަން ކަޕުގައި އިއްޔެ އޮސްޓްރޭލިޔާ އަތުން އިންޑިޔާ ބަލިވީ އަމިއްލަ މިސްޓޭކްތަކާއި ފަރުވާކުޑަވުމުން ކަމަށް ކޯޗު އިގޯ ސްޓިމަކް ބުނެފި އެވެ.
އޭނާ މިހެން ބުނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގެ ފަހު ހާފުގައި ވަން ދެ ގޯލުން އިންޑިޔާ ބަލިވުމުންނެވެ.
ޖުމުލަކޮށް އަހަރެން މެޗާމެދު ހިތްހަމަޖެހޭ. އެކަމަކު ދެ ގޯލެއް ވަނީ އަހަރުމެންގެ ފަރުވާތެރިކަން ބަހައްޓަންވާވަރަށް ނުބެހެއްޓި ދިއުމުން. އެމީހުން މޮޅަށް ކުޅެގެނެއްނޫން. މި ފެންވަރުގެ މެޗުތަކުގައި ހަދައިގެން ނުވާވަރުގެ ފަރުވާކުޑަ މިސްޓޭކްތަކެއް ހެދުނީކޯޗު
އޭނާ ބުނީ އޮސްޓްރޭލިޔާ އަކީ އޭޝިޔާގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވުމުން އެމީހުންގެ ފަރާތުން އުނދަގޫ މެޗެއް ކުރިމަތިވާނެކަމަށް ގަބޫލުކުރާ ކަމަށެވެ.
އެއީ ވޯލްޑްކަޕް ކުޅެފައި އެތައް ތަޖުރިބާއެއް ހޯދާފައިވާ ޓީމެއް. އެމީހުންގެ ފަރާތުން ހާއްސަކޮށް ކަނާތް ފަރާތުން ގިނަ އުނދަގޫތަކެއްވާނެ ކަމަށް ގަބޫލު ކުރިން. ފުރަތަމަ ހާފުގައި ގޯލެއް ނުވަދެ ނިންމާލެވުމުން ހިތްހަމަޖެހޭ. އެކަމަކު ފަހުހާފުގައި ވަނީ ވަރަށް ފަރުވާކުޑަވެގެން ހެދުނު މިސްޓޭތަކުން ވަން ދެ ގޯލުކޯޗު
އިންޑިޔާގެ ފުރަތަމަ ގޯލަކީ ކީޕަރު ގުޕްރީތު ސިންގު ހެދ ބޮޑު މިސްޓޭކެކެވެ. އޭނާ ބޯޅަ ހިފަން އުޅެފައި މަޑުމަޑުން އަތުން ޖައްސާލުމުން ލިބުނީ ހުސްކޮށްހުރި އޮސްޓްރޭލިޔާ ކުޅުންތެރިޔާ އަށެވެ.
އޭނާ ބުނީ އިންޑިޔާ އަށް އޭޝިއަންކަޕަކީ ވަރަށް މުހިންމު މުބާރާތެއް ކަމަށާއި ކުރިއަށް އޮތް ދެ މެޗު ކާމިޔާބުކޮށް ދެ ވަނަ ބުރަށް ދިއުމަށް މަސައްކަތް ކުރާނެ ކަމަށެވެ.