Advertisement
ކ. މާލެ
|
14 ޖެނުއަރީ 2024 | އާދީއްތަ 05:51
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު
އެމްޑީޕީ
މޭޔަރކަމުގެ ގޮނޑި އާޒިމް ކާމިޔާބުކުރެއްވުން
އެމްޑީޕީއެއް، އާޒިމެއް މާލޭ ރައްޔިތުން މާޔޫސެއް ނުކުރާނެ: ޞާލިހު
މާލޭގެ މޭޔަރކަމަށް އާދަމް އާޒިމް އަންނަނީ ތަސައްވަރަކާއެކީގައި ކަމަށާއި މެނިފެސްޓޯއަކާއި އެކީގައިކަމަށް ރައީސް ޞާލިހު ވިދާޅުވި
71 އިންސައްތަ މީހުން މިސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފިކަމަށް ރައީސް ޞާލިހު ވިދާޅުވި

އެމްޑީޕީ އެއް އަދި އެމްޑީޕީގެ ޓިކެޓްގެ މާލެ ސިޓީގެ މޭޔަރ ކަމުގެ އިންތިޚާބު ކާމިޔާބު ކުރެއްވި އާދަމް އާޒިމެއް މާލޭގެ ރައްޔިތުންނެއް މާޔޫސް ނުކުރާނެކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މޭޔަރކަމުގެ ގޮނޑި އާޒިމް ކާމިޔާބުކުރެއްވުމާއި ގުޅިގެން މާލޭގެ ރައްޔިތުންނަށް ޝުކުރު އަދާކުރުމަށް އެމްޑީޕީން ސަލްޓަންޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ފައްޓަވަމުން ރައީސް ޞާލިހު ވިދާޅުވީ މިއިންތިޚާބާ ކުރިމަތިލީ ރިޔާސީ އިންތިޚާބުގައި ކުރިމަތިވި ނާކާމިޔާބީ އާއެކު ދަތި އުނދަގޫ ދުވަސްވަރެއްގައި ކަމަށެވެ. ނަމަވެސް މާޔޫސްކަމުގައި ތިބެ ނިކުމެ މިއިންތިޚާބުން ހޯދި ކާމިޔާބީ ފާހަގަކުރަންޖެހޭކަމަށް ޞާލިހު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި މާލޭގެ ރައްޔިތުންނަށް ރައީސް ޞާލިހު ޝުކުރު އަދާކުރެއްވިއެވެ.

Advertisement

ރައީސް ޞާލިހު ވިދާޅުވީ މާލޭގެ މޭޔަރކަމަށް އާދަމް އާޒިމް އަންނަނީ ތަސައްވަރަކާއެކީގައި ކަމަށާއި މެނިފެސްޓޯއަކާއި އެކީގައިކަމަށެވެ. އާޒިމް މޭޔަރކަމާއި ހަވާލުވެވަޑައިގަންނަވަނީ ގާނޫނުން މަތިކޮށްފައި އޮތް މަސްއޫލިއްޔަތެއް އަދާކުރެއްވުމަށްކަމަށާއި ރައްޔިތުން އެދޭގޮތަށް މާލޭގެ ރައްޔިތުން އެދޭ ގޮތަށް މާލެ ބަދަލުކުރުމަށްކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

މިފުނިޖެހިފައި އޮތް ދަތި އުނދަގޫ މާލެއަށް ހައްލެއް ހޯދައިދިނުމަށް. ޓްރެފިކަށް ހައްލު ހޯދައިދިނުމަށް. ކުނިވެފައި އޮތް މާލެ ސާފުކުރުމަށް. އެކަންކުރުމުގައި އާޒިމާއެކީގައި އެމްޑީޕީ އޮންނާނެކަމުގެ ޔަގީންކަން އަރުވަން.
އިބްރާހީމް މުހައްމަދު ޞާލިހު / ކުރީގެ ރައީސް

މޭޔަރ ކަމާއެކީގައި އާޒިމްގެ ސިޔާސީ ހަޔާތުގެ ބިންގާ އެޅިގެންދަނީ ކަމަށާއި ތެދުވެރިކަމާއި، ވަފާތެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުން ހަވާލުކުރި މަސައްކަތް ކުރިޔަށް ގެންދިޔުމަށް ރައީސް ޞާލިހު އާޒިމް އަރިހުން އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން ޞާލިހު ވިދާޅުވީ މާލޭގެ ރައްޔިތުން މިއަދު މެސެޖެއް ދީފިކަމަށާއި 71 އިންސައްތަ މީހުން މިސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފިކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް