Advertisement
ކ. މާލެ
|
9 ޖެނުއަރީ 2024 | އަންގާރަ 22:28
ވިއްސާރައިގައި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެފައި
ވިއްސާރައިގައި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެފައި
ރާއްޖެއެމްވީ
މޫސުން ލަފާކުރާ ގޮތް
ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ، ސަމާލުވޭ!
ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް، އަރަބި ކަނޑަށް ޖެހެމުންދާނެ ކަމަށް ނިމުތުކުރެވޭ
ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައި

ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ވާނެތީ އެކަމަށް ސަމާލުވުމަށް، މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

އެ އިދާރާއިން ބުނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބި ކަނޑަށް ޖެހެމުންދާނެ ކަމަށް، ނިމުތު ކުރެވޭ ކަމަށެވެ. އަދި ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އެދިފައިވެއެވެ.

Advertisement

މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރުތައް ކުރާއިރު ވަރަށް ބޮޑަށް ސަމާލުވުމަށް ކަމާގުޅޭ އިދާރާތަކުން ވަނީ އެދިފައެވެ. ދާދިފަހުންވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް