ކ. މާލެ
|
8 ޖެނުއަރީ 2024 | ހޯމަ 12:24
 އިންޑިއަން ހައިކޮމިޝަނަރ މުނޫ މަހާވަރު
އިންޑިއަން ހައިކޮމިޝަނަރ މުނޫ މަހާވަރު
އިންޑިއާގެ ވެރިންނަށް މަލާމަތްކުރުން
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފި
 
ސަފީރާ ބައްދަލު ކުރައްވާނީ ފޮރިން މިނިސްޓްރީގެ އެމްބެސަޑާ އެޓް ލާޖް ޑރ. އަލީ ނަސީރު މުހައްމަދު
 
މޯދީއަށް ނިސްބަތް ކުރައްވައި މަލާމަތް ކުރައްވާފައިވާ މައްސަލައާމެދު ސީރިއަސް ކަންބޮޑުވުންތަކެއް ވަނީ ފެންމަތިވެފައި

އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންނަށް ދިވެހި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ފަރާތްތަކަކުން މީސްމީޑިއާގައި މަލާމަތްކޮށްފައިވާ މައްސަލައެއް ފެންމަތިވެފައިވާއިރު، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު، ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފިއެވެ.

ސަފީރު މުނޫ މަހާވަރު ހާޒިރުކޮށްފައި މިވަނީ ނިއު ދިއްލީގައި ހުންނަވާ ދިވެހި ސަފީރު އިބްރާހީމް ޝަހީބުވެސް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހޯމަ ދުވަހު ހާޒިރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.  

މިވަގުތު ޚާރިޖީ ވަޒީރު މޫސާ ޒަމީރު ޗައިނާގައި ރަސްމީ ދަތުރުފުޅެއްގައި ހުންނެވުމުން ސަފީރާ ބައްދަލު ކުރައްވާނީ ފޮރިން މިނިސްޓްރީގެ އެމްބެސަޑާ އެޓް ލާޖް ޑރ. އަލީ ނަސީރު މުހައްމަދު ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން އެކަމާ ގުޅޭގޮތުން ބުނެފައިވަނީ، މިއީ ކުރިން ރޭވިފައިވާ ބައްދަލުވުމެއް ކަމަށާއި، މި ބައްދަލުވުމުގައި ކުރިއަށް ދިޔައީ ދެ ޤައުމުގެ ދޭދޭ ގުޅުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
100%
ކޮމެންޓް