ކ. މާލެ
|
8 ޖެނުއަރީ 2024 | ހޯމަ 13:43
ފަރެސްމާތޮޑާ މަސްވެރިން
ފަރެސްމާތޮޑާ މަސްވެރިން
ފަރެސްމާތޮޑާ މަސްވެރިއެއް
މަސްވެރިންނަށް ފައިސާ ނުދޭ މައްސަލަ
މަސްވެރިންނަށް ނުދީ ހުރި ފައިސާ ދިނުމުގައި މިނިސްޓަރު ޝިޔާމްއާއި ރައީސް އޮފީހުގެ ބަސްމަގު ބަދަލުވެއްޖެ
ފައިސާ ދިނުން ލަސްވާ ސަބަބު ސާފުކުރުމަށް ސުވާލުކުރުމުން މިހާތަނަށް ވަކި ޖަވާބެއް މިނިސްޓަރު ޝިޔާމް ދެއްވާފައިނުވޭ
މިމަހުގެ 10 ގެ ކުރިން މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން ރަނގަޅު އަދަދެއް މިފްކޯއަށް ދެވޭނެ
މަސްވެރިންނަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބޭ މައްސަލަ ވަނީ ވަރަށް ބޮޑުވެފައި

މަސްވެރިންނަށް ނުދީ ހުރި ފައިސާ ދިނުމުގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމްއާއި ރައީސް އޮފީހުގެ ބަސްމަގު ބަދަލުވެއްޖެއެވެ.

މިމައްސަލައާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މިނިސްޓަރު ޝިޔާމް ވިދާޅުވީ މިމަހުގެ 10 ގެ ކުރިން މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން ރަނގަޅު އަދަދެއް މިފްކޯއަށް ދެވޭނެ ކަމަށެވެ. 15 ނޮވެންބަރުން ފެށިގެން ފައިސާ ނުދެވިހުރިކަން ފާހަގަކުރައްވައި މިނިސްޓަރު ޝިޔާމް ވިދާޅުވީ މި ސަރުކާރު އައިފަހުން 2 ބުރެއްގެ މަތިން ފައިސާ ދީފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ކުރީ ސަރުކާރުގެ ބައިންވެސް އެއްކޮށް ހަލާސްނުކުރެވޭ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިންނަށް ފައިސާ ދިނުން ލަސްވާ ސަބަބު ސާފުކުރުމަށް ސުވާލު ދެންނެވުމުން މިހާތަނަށް ވަކި ޖަވާބެއް މިނިސްޓަރު ޝިޔާމް ދެއްވާފައިނުވެއެވެ. އަދި ކިހައި އަދަދެއްގެ ފައިސާ ނުދެވި ހުރިކަން ވެސް މިނިސްޓަރު ޝިޔާމް ސާފުކޮށް ދެއްވާފައެއް ނުވެއެވެ.

Advertisement

މި މައްސަލައާ ގުޅޭގޮތުން އާދިއްތަ ދުވަހުގެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ ފިޝަރީޒް މިނިސްޓްރީން މިފްކޯއަށް ކިރާފައިވާ މަހަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން މިހާރު މަސްވެރިންނަށް ނުދެއްކި ހުރި ފައިސާ ދައްކާ ހަލާސްކުރުމަށް ކުރާނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ފިނި ކުރި މަހުގެ އަގު 20 ރުފިޔާއަށް ބަދަލުކޮށް އަދި ފިނިނުކުރާ މަސް 15 ރުފިޔާއަށް ބަދަލުކުރުމުގެ މަޝްވަރާކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މަސްވެރިންނަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބޭ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. މިމައްސަލައާ ގުޅޭގޮތުން މިނިސްޓަރު ޝިޔާމް ސީދާ ޖަވާބެއް ދެއްވާފައިނުވާއިރު، ޝިޔާމްއަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ރައްޔިތުން މަޖިލިހުގެ މެންބަރެއްގެ ގޮތުގައި ހުންނަވައި މަސްވެރިންނަށް ފައިސާ ނުދީގެން އެންމެ ބޮޑަށް ފާޑު ވިދާޅުވި މެންބަރެވެ. އަދި ކުރީގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ތަކުރާރުކޮށް މިކަމާއި ގުޅިގެން ސުވާލު ކުރައްވާ ފާޑު ވިދާޅުވެފައިވާ ބޭފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް