ކ. މާލެ
|
4 ޖެނުއަރީ 2024 | ބުރާސްފަތި 12:34
ތޭވީސް ވަނަ ޤައުމީ ކެޑޭޓް ކޭމެޕްގެ ޕާސިންގ އައުޓް ޕެރޭޑް ރަސްމިއްޔާތު
ތޭވީސް ވަނަ ޤައުމީ ކެޑޭޓް ކޭމެޕްގެ ޕާސިންގ އައުޓް ޕެރޭޑް ރަސްމިއްޔާތު
އެމްއެންޑީއެފް
ޤައުމީ ކެޑޭޓް ކޭމެޕް
23 ވަނަ ޤައުމީ ކެޑޭޓް ކޭމެޕްގެ ޕާސިންގ އައުޓް ޕެރޭޑް ރަސްމިއްޔާތު ބާއްވައިފި
ކޭމްޕްގައި ރާއްޖޭގެ އެކިކަންކޮޅުތަކުން 42 ސްކޫލަކުން، ޖުމްލަ 120 ދަރިވަރުން ބައިވެރިވި
އިންޑިއާ، ސްރީލަންކާ އަދި ނޭޕާލް ހިމެނޭހެން ޖުމުލަ 16 ކެޑޭޓުން ވަނީ މި ކޭމްޕަށް ޒިޔާރަތްކޮށްފައި

ސްކޫލްތަކުގެ ކެޑޭޓުންނަށް ބޭއްވި ތޭވީސް ވަނަ ޤައުމީ ކެޑޭޓް ކޭމެޕްގެ ޕާސިންގ އައުޓް ޕެރޭޑް ރަސްމިއްޔާތުގައި ބާއްވައިފިއެވެ.

ކ.ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޑޮކްޓަރ އިސްމާޢީލް ޝަފީޢުއެވެ.

Advertisement

2023 ޑިސެންބަރު 24 އިން 2024 ޖަނަވަރީ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދިޔަ މި ކޭމްޕްގައި ރާއްޖޭގެ އެކިކަންކޮޅުތަކުން 42 ސްކޫލަކުން، ޖުމްލަ 120 ދަރިވަރުން ބައިވެރިވިއެވެ. މީގެ ތެރޭގައި ހިމެނެނީ، 80 ފިރިހެން ދަރިވަރުންނާއި 40 އަންހެން ދަރިވަރުންނެވެ.

މީގެ އިތުރުން އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމުގެ ތެރެއިން އިންޑިއާ، ސްރީލަންކާ އަދި ނޭޕާލް ހިމެނޭހެން ޖުމުލަ 16 ކެޑޭޓުން ވަނީ މި ކޭމްޕަށް ޒިޔާރަތްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް