Advertisement
ކ. މާލެ
|
3 ޖެނުއަރީ 2024 | ބުދަ 07:27
އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވި އައިޝަތު ޖެނިފާ
އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވި އައިޝަތު ޖެނިފާ
ޓްވީޓަރ
ޖެނިފާ މަގާމުން ވަކިކުރުން
އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުކަމުން ޖެނިފާ ވަކިކޮށްފި
އޭނާ އެ ކުންފުނިން ވަކިކުރިއިރު، ޖެނިފާ ވަނީ އެ ކުންފުންޏަށް 25 އަހަރު ޚިދުމަތްކުރައްވާފައި

ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމުން އައިޝަތު ޖެނިފާ ވަކިކޮށްފިއެވެ.

އެކަން އަންގާ މޯލްޑިވިއަން އިން ބުދަ ދުވަހު ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނީ ޖެނިފާ އެ ކުންފުންޏަށް ކޮށްދިން ޚިދުމަތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

Advertisement

ރާއްޖެއެމްވީއަށް އެނގިފައިވާގޮތުން، ޖެނިފާ އެ މަގާމުން ވަކިކޮށްފައިވަނީ ސަބަބެއް ބަޔާންނުކޮށެވެ. އެހެން ނަމަވެސް އޭނާ ވަކިކުރިއިރު، ޖެނިފާ ވަނީ އެ ކުންފުންޏަށް 25 އަހަރު ޚިދުމަތްކުރައްވާފައެވެ.

ޖެނިފާ އެ މަގާމަށް އައްޔަނުކުރައްވައިފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައިއެވެ. އޭގެ ކުރިން އޭނާ ހުންނެވީ މޯލްޑިވިއަންގެ ކާގޯ ޑިޕާޓްމެންޓުގެ ޑެޕިއުޓީ ހެޑުގެ މަގާމުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް