ކ. މާލެ
|
20 ޑިސެންބަރ 2023 | ބުދަ 17:04
ކުޅުދުއްފުށި އެއަރޕޯޓް އިތުރަށް ތަރައްގީކުރުމަށް ދަނީ މަސައްކަތް ކުރަމުން
ކުޅުދުއްފުށި އެއަރޕޯޓް އިތުރަށް ތަރައްގީކުރުމަށް ދަނީ މަސައްކަތް ކުރަމުން
ކުޅުދުއްފުށި އެއަރޕޯޓް
ކުޅުދުއްފުށި އެއަރޕޯޓްގެ އައު ޓަރމިނަލްއާއި އިތުރު ޙިދުމަތްތަކުގެ މަސައްކަތް ފެށުމަށް ތައްޔާރުވަނީ
 
އަލަށް ހެދޭ ޓަރމިނަލްގެ ޑިޕާޗަރ އަދި އެރައިވަލް ޓަރމިނަލް ބޮޑުކުރެވި، ޑޮމެސްޓިކް އޮޕަރޭޝަންތަކަށް ބޭނުންކުރާ އެންމެ ބޮޑެތި އެއަރ ކްރާފްޓްތަކަށް ޙިދުމަތް ދެވޭނެ

ކުޅުދުއްފުށި އެއަރޕޯޓްގެ އައު ޓަރމިނަލްއާއި އިތުރު ޙިދުމަތްތަކުގެ މަސައްކަތް ފެށުމަށް ތައްޔާރުވާން ފަށައިފިއެވެ.

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީން ބުނީ ކުޅުދުއްފުށި އެއަރޕޯޓްގެ ޕަސެންޖަރ ޓަރމިނަލްގެ ޙިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްތައް ފެށުމަށް ވަނީ ރައީސްގެ ”ހަފްތާ 14“ ގެ މަގުޗާޓުގައި ހިމަނާފައި ކަމަށެވެ. އަދި ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅާއި އެއްގޮތަށް 14 ހަފްތާގެ ތެރޭގައި އަމަލީ މަސައްކަތްތައް ފެށުމަށް ރީޖަނަލް އެއަރޕޯޓްސް ކޮންޕަނީ ލިމިޓެޑްގެ ފަރާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު މުބީން ފާހަގަކުރެއްވި ގޮތުގައި، ކުންފުންޏާއި ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެން އެންމެ ބޮޑު އިސްކަމެއް ދީފައިވާ އެއްމަޝްރޫއަކީ ކުޅުދުއްފުށި އެއަރޕޯޓަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، އިތުރުކުރަންޖެހޭ އެންމެހައި ޙިދުމަތްތަކެއް އިތުރު ކުރުމާއ،ި ޕަސިންޖަރުންނަށް އެއަރޕޯޓުން އަދި ޓަރމިނަލްއުން ލިބެންޖެހޭ އެންމެހައި ޙިދުމަތްތައް ހިމެނޭ ގޮތަށް ކޮންސެޕްޓް ޑްރޯވިންގއެއް ހެދުމެވެ.

އަދި މުބީން ފާހަގަ ކުރެއްވިގޮތުގައި، މިވަގުތު ކޮންސެޕްޓް ޑްރޯވިންގގެ ބޮޑުބައި ނިމިފައިވާކަމަށާއި، އެންމެފަހުން ކުޅުދުއްފުއްޓަށް ކުރެވުނު ދަތުރުގައި ކުޅުދުއްފުށި ކައުންސިލާއި ބައްދަލު ކުރެވި އެބޭފުޅުންނަށް އާރްއޭސީއެލްގެ ފަރާތުން ހަދާފައިވާ ކޮންސެޕްޓް ޑްރޯވިންގ ވަނީ ހުށަހަޅައި އެބޭފުޅުންގެ ހިޔާލު ހޯއްދަވާފައެވެ.

ކުންފުނީގެ އަމާޒަކ،ީ އިތުރަށް ގެންނަންޖެހޭ ބަދަލުތައް ގެނެވި، އަމަލީ މަސައްކަތްތައް ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ފެށުމެވެ. އަލަށް ހެދޭ ޓަރމިނަލްގެ ޑިޕާޗަރ އަދި އެރައިވަލް ޓަރމިނަލް ބޮޑުކުރެވި، ޑޮމެސްޓިކް އޮޕަރޭޝަންތަކަށް ބޭނުންކުރާ އެންމެ ބޮޑެތި އެއަރ ކްރާފްޓްތަކަށް ޙިދުމަތް ދެވޭ ޓަރމިނަލްއަކަށް ވެގެން ދާނެއެވެ. އަދި އަލަށް ހެދޭ ޓަރމިނަލްގައި ދަތުރުކުރާ ފަރާތްތަކަށާއި އާއްމު ފަރާތްތަކަށް ބޭނުންވާ ހިދުމަތްތައް އެކުލެވިފައިވާނެއެވެ.

މީގެ ތެރޭގައި ފާހަނާ، މައިންނަށް ހާއްސަ ކުރެވިފައިވާ ކޮޓަރި، ނަމާދު ކުރާ ކޮޓަރި، ކެފޭގެ ހިދުމަތް، ދަތުރުކުރާ ފަތުރުވެރިންނަށް ނުވަތަ އެހެން ފަރާތްތަކަށް އިންފޮމޭޝަން ދޭނެ ކައުންޓަރ ފަދަ ހިދުމަތްތަކާއި ސްޓާފުންނަށް ބޭނުންވާ ވަސީލާތްތަކާއި ޙިދުމަތްތައް ގާއިމްކުރެވިގެންދާނެއެވެ. އަދި މި މަޝްރޫޢުގެ ތެރޭގައި އެއަރޕޯޓުގެ ސަރަހައްދަށް ބޭނުންވާ ޕާކިންގެ ޙިދުމަތްތަކާއި އަދި މީގެ އިތުރުންވެސް އެއަރޕޯޓަށް އިތުރު ފުރިހަމަކަން ގެނެސްދޭނެ ކަންކަންވަނީ ހިމަނާފައެވެ.

މިބަދަލުތަކާއެކު އާރްއޭސީއެލްއިން ދަނ،ީ ކުޅުދުއްފުށި އެއަރޕޯޓުގައި ހިމެނޭ ސަރަހައްދަށް އިތުރު އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ. އޮގޮތުން، ޓުއަރިޒަމް އާއި ގުޅުންހުރި ކަންކަން އެއަރޕޯޓުގެ އުތުރަށް އޮތް ހުސްބިމުގައި ތަޢާރަފް ކުރުމަށް އާރްއޭސީއެލް އާއި ކައުންސިލާއެކުވަނީ ސޮއިކޮށްފައެވެ.

މިކަންކަމުގެ ސަބަބުން ކުޅުދުއްފުށި ސިޓީއަށް އިތުރަށް ފުރިހަމަކަން ގެނެސްދީ ޓުއަރިޒަމް އިތުރަށް ފުޅާވުމަށް އެހީއަކަށްވެގެންދާނެއެވެ. އަދި މިއީ ކުންފުނި އަމިއްލަ ފައިމައްޗަށް ތެދުވެ ސަރުކާރުގެ މާލީ އެހީއަށް ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށްޓަކައި އެކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއްކަމެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް