ކ. މާލެ
|
2 ޖެނުއަރީ 2024 | އަންގާރަ 08:29
އެއަރޕޯޓަށް ދާ މަގު
އެއަރޕޯޓަށް ދާ މަގު
ރާއްޖެއެމްވީ
ރާއްޖެ އަށް ކުރަމުންދާ ވިއްސާރަ
"އާދީއްތަ ދުވަހަކީ މިހާތަނަށް ހުޅުލެ އަށް އެންމެ ގިނައިން ވާރޭ ވެހުނު ދުވަސް"
އާދިއްތަ ދުވަހު މާލެ އަށް 118.2 މިލިލީޓަރުގެ ވާރޭ ވެހުނު
އާދިއްތަ ދުވަހު ހުޅުލެ އަށް 179.7 މިލިލީޓަރުގެ ވާރޭ ވެހިފަވޭ

މިދިޔަ އާދީއްތަ ދުވަހަކީ މިހާތަނަށް ހުޅުލެ އަށް އެންމެ ގިނައިން ވާރޭ ވެހުނު ދުވަސް ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން ބުނީ މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގައި މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނު 08:00 އިން ހޯމަ ދުވަހުގެ ހެނދުނު 08:00 އާ ހާމައަށް ހުޅުލެ އަށް ބޯކޮށް ވާރޭ ވެހުނު ކަމަށެވެ. އެގޮތުން ހުޅުލެ އަށް 179.7 މިލިލީޓަރުގެ ވާރޭ ވެހިފަވާ ކަމަށް ވަނީ ބުނެފައެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާގެ ރެކޯޑްތައް ދައްކާގޮތުން މީގެ ކުރީން ހުޅުލެއަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ 174 މިލިލީޓަރަށެވެ.

މިދިޔަ އާދިއްތަ ދުވަހު ހުޅުލެ ފިޔަވައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މާލެއަށެވެ. އެގޮތުން އެ ދުވަހު މާލެ އަށް 118.2 މިލިލީޓަރުގެ ވާރޭ ވެހުނެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނީ ބ. ގޮއިދުއަށެވެ. އެ ރަށަށް 105.6 މިލިލީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.

- ކޮމެންޓް