ކ. މާލެ
|
31 ޑިސެންބަރ 2023 | އާދީއްތަ 13:50
ވިއްސާރައިގައި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުން
ވިއްސާރައިގައި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުން
ރާއްޖެއެމްވީ
މާލޭ މަގުތަކުގައި ފެންބޮޑުވުން
ވިއްސާރައިގައި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެއްޖެ
ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން މާލެއަށް ވަނީ ބޯކޮށް ވާރޭވެހިފައި
ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައިވޭ

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.

މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެފައިވާއިރު، ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން މާލެއަށް ވަނީ ބޯކޮށް ވާރޭވެހިފައެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ރާޅުގެ އުސްމިނުގައި 5 ނުވަތަ 8 ފޫޓު ހުންނާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.

ވިއްސާރައިގައި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުން - ރާއްޖެއެމްވީ

މުސުމާބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވާނެ ކަމަށާއި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއްދިނުމަށް އިލްތިމާސްކުރާކަމަށެވެ.

- ކޮމެންޓް