ކ. މާލެ
|
30 ޑިސެންބަރ 2023 | ހޮނިހިރު 10:07
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް ހިލާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް ހިލާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާރސް
ސައުދީ ޕްރޯ ލީގު
އަލް ފެއިހާ ބަލިކޮށް، އަލް ހިލާލަށް ދިހަ ޕޮއިންޓުގެ ލީޑެއް
 
އަލް ހިލާލުން އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 18 މެޗުން 53 ޕޮއިންޓު ހޯދައިގެން

ސައުދީ ޕްރޯ ލީގުގައި އަލް ފެއިހާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް ހިލާލުން އެއް ވަނައިގައި ދިހަ ޕޮއިންޓުގެ ލީޑެއް ނަގަައިފި އެވެ.

ލީގުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު އަލް ހިލާލުން ކާމިޔާބު ކުރީ 2-0 އިންނެވެ. އަލް ހިލާލަކީ މި ސީޒަންގެ ސައުދީ ލީގުގައި މިހާތަނަށް އެންމެ ރަނގަޅު ނަތީޖާ ނެރެމުން އަންނަ ޓީމެވެ.

އަލް ފެއިހާއާ ދެކޮޅަށް ކުޅުނު މެޗުގައި އަލް ހިލާލުން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. އޭގެ ކުރިން އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ފުރުސަތު ހޯދައިފަ އެވެ. މެޗުގެ 86 ވަނަ މިނެޓުގައި އަލް ހިލާލަށް ލީޑު ނަގައިދިނީ އަލީ ޢަބްދުﷲ އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޖެހީ ސާބިއާގެ އެލެކްސެންޑާ މިޓްރޮވިޗް އެވެ. މިއީ މި ސީޒަންގައި އޭނާ އެ ޓީމަށް ޖަހައިދިން 25 ވަނަ ލަނޑެވެ. އޭގެ ތެރެއިން 17 ލަނޑަކީ ސައުދީ ލީގުގައި އޭނާ ޖަހާފައިވާ ލަނޑުތަކެވެ.

މޮޅާއެކު އަލް ހިލާލުން އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 18 މެޗުން 53 ޕޮއިންޓު ހޯދައިގެންނެވެ. އެ ޓީމަށްވުރެ އެއް މެޗު މަދުން ކުޅެގެން، ދެ ވަނައިގައި އަލް ނަސްރަށް ލިބެނީ 43 ޕޮއިންޓެވެ. ލީގުގައި އަލް ތަޢާވޫނާ ދެކޮޅަށް ކުޅޭ މެޗުން އަލް ނަސްރު މޮޅުވެއްޖެ ނަމަ، އެ ފަރަގު ހަތް ޕޮއިންޓަށް ކުޑަ ވާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް