ކ. މާލެ
|
28 ޑިސެންބަރ 2023 | ބުރާސްފަތި 15:30
އެފްއޭއެމްގެ ރައީސް، ބައްސާމް އަދީލް ޖަލީލް
އެފްއޭއެމްގެ ރައީސް، ބައްސާމް އަދީލް ޖަލީލް
ރާއްޖެ އެމްވީ
އެފްއޭއެމް އިންތިޚާބު
މި އޮތީ ބައްސާމް ޚިލާފުވި މާއްދާ!
 
ޖަލްސާގެ އެޖެންޑާ، 2 ދުވަސް ކުރިން އެކްސްކޯ މެމްބަރުންނަށް ފޮނުވަންޖެހޭ

ނުބާއްވަން އަންގާފައިވާ އެފްއޭއެމުގެ އިންތިޚާބުގެ މައްސަލާގައި އެންމެ ބޮޑަށް މިހާރު ދެކެވެމުންދަނީ، އެތަނުގެ އަސާސީ ގަވާއިދާ ޚިލާފަށް ކަންތައްތައްކުރި ވާހަކައެވެ. ސުވާލަކީ ރައީސް ބައްސާމް އަދީލް ޖަލީލް ޚިލާފުވީ ކޮން މާއްދާއަކާ ހެއްޔެވެ؟

އެފްއޭއެމުގެ އަސާސީ ގަވާއިދުގެ 34 ވަނަ މާއްދާގައި ބުނަނީ؛ އެކްސްކޯ ބައްދަލުވުމެއް ބާއްވާނަމަ އެކަމަށް ހަތް ދުވަހުގެ މުއްދަތެއް އޮއްވައި އެކަން އެންގުމަށެވެ. އަދި ޖަލްސާގެ އެޖެންޑާ 2 ދުވަސް ކުރިން އެކްސްކޯ މެމްބަރުންނަށް ފޮނުވުމަށެވެ. އެފްއޭއެމުން ނުކޮށް އޮތް ކަމަކީ މިއީއެވެ. މިހާތަނަށް އެކްސްކޯ ނުބާއްވައި މުއާމަލާތުކުރީ ގޭގައި ތިބެގެން، ވަޓްސްއަޕް ގްރޫޕެއްގައެވެ.

އެފްއޭއެމާއި ފުޓްބޯޅައިގެ ލިޔެކިޔުންތަކުގެ ވަރަށް ތަޖުރިބާކާރު ބޭފުޅަކު މިއަދު ވިދާޅުވީ، ވަޓްސްއަފް ގްރޫޕްގައި ކަމަކާ ބެހޭގޮތުން ޚިޔާލު ހޯދުމަކީ ރަސްމީ ނިންމުމަކަށް ނުވާނެ ކަމަށެވެ.

އެއީ ކޮންސެންޓް ހޯދުން. ރަސްމީކޮށް ކަމެއް ނިންމަންޖެހޭނީ އަސާސީ ގަވާއިދާ އެއްގޮތަށް ބައްދަލުވުންތައް ކޮންޑަކްޓްކޮށްގެން, ލިޔެކިޔުން ބަދަލުކޮށްގެން.
އެބޭފުޅާ ވިދާޅުވިއެވެ.

އެފްއޭއެމަށް ދަތިވެގެން އުޅެނީ މިހާރު އެކްސްކޯ ބޭއްވިކަމުގެ ލިޔެކިޔުން އުފެއްދުމަށްފަހު މެމްބަރުންގެ ސޮއި ހަމަކުރުމަށެވެ. ކަމިޝަނަރ އޮފް ސްޕޯޓްސްއިން އިންތިޚާބު ނުބާއްވަން އެންގުމުން، ލިޔެކިޔުން ބަދަލުނުކުރެވުނު ސަބަބަކަށް ދައްކަނީވެސް، މެމްބަރުން އެކްސްކޯ ބައްދަލުވުންތަކުގެ ޔައުމިއްޔާތަކުގައި ސޮއިނުކޮށް ހުރިކަމަށް ބުނެއެވެ.

އެފްއޭއެމުގެ އިންތިޚާބީ 9 މެމްބަރުންގެ ތެރެއިން، ދެ ބުރެއްގެ މަތިން ފަސް މެމްބަރަކު މިހާރުވަނީ އިސްތިއުފާދީފައެވެ. މިއީ ބައްސާމްގެ މަގާމު ގެއްލޭވަރުގެ އަދަދެކެވެ. މިހެންވެ ފަސް މެމްބަރުންގެ ކޯރަމް ބޭއްވުމަށް އެކްސްކޯއަށް އައްޔަންކުރީ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ ޝިބާއުއެވެ. އޭނާއާއެކު އެސްކޯގައި މިހާރު ފަހެއް ހަމަވަނީ، އިސްތިއުފާ ނުދީތިބި އިންތިޚާބީ ހަތަރު މެމްބަރުންނާ އެކުގައެވެ. އެއީ ބައްސާމާއި، ނައިބުރައީސް އަލީ އުމަރާއި، ގައުމީ ޓީމުގެ ފިޒީޝަން އަހުމަދު ޝަކީބާއި، ނުބާއްވަން އަންގާފައިވާ އިންތިޚާބަށް ކުރިމަތިލެއްވި، އެކްސްކޯ މެމްބަރު މުފާވިޒް ހާޝިމެވެ.

އަދި ޖެނެރަލް ސެކްރެޓަރީކަމުން ހުސައިން ޖަވާޒް އިސްތިއުފާ ދެއްވުމުން ވަގުތީ ޖެނެރަލް ސެކްރެޓަރީއަކަށް މުހައްމަދު ޖައުޝަން ޝަރީފް އައްޔަންކުރީވެސް އެކްސްކޯގެ ރަސްމީ އެއްވެސް ލިޔެކިޔުމެއް ފުރިހަމަނުކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް