ކ. މާލެ
|
29 ޖުލައި 2017 | ހޮނިހިރު 12:32
ޕްރޮޕޯސަލްގެ ދަށުން ޗައިނާގެ ދައުލަތުން ހިންގާ ކުންފުންޏަކަށް 99 އަހަރަށް ބަނދަރު ކުއްޔަށް ލިބޭ
ޕްރޮޕޯސަލްގެ ދަށުން ޗައިނާގެ ދައުލަތުން ހިންގާ ކުންފުންޏަކަށް 99 އަހަރަށް ބަނދަރު ކުއްޔަށް ލިބޭ
އިންޑިއަން އެކްސްޕްރެސް
ހަމްބަންޓޮޓާ ބަނދަރު
ހަމްބަންޓޮޓާގެ ބަނދަރު 99 އަހަރަށް ޗައިނާ އަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ޕްރޮޕޯސަލްގެ ދަށުން ޗައިނާގެ ދައުލަތުން ހިންގާ ކުންފުންޏަކަށް 99 އަހަރަށް ބަނދަރު ކުއްޔަށް ލިބޭ
ބަނދަރުގެ ކައިރިން 15،000 އޭކަރުގެ ސަރަހައްދެއް އިންޑަސްޓްރިއަލް ޒޯންގެ ގޮތުގައި ޗައިނާއަށް ލިބޭ
ބަނދަރަށް ޗައިނާއިން 1.1 ބިލިއަން ޑޮލަރު އިންވެސްޓްކުރޭ

ހަމްބަންޓޮޓާގެ ފުންކަނޑުގައި ގާއިމްކުރާ 1.1 ބިލިއަން އެމެރިކާ ޑޮލަރުގެ ބަނދަރު ތަރައްގީ ކުރުމާއި ކޮންޓްރޯލް ކުރުމުގެ އެއްބަސްވުމުގައި ސްރީ ލަންކާއިން ޗައިނާއާ އެކު ސޮއިކޮށްފިއެވެ.

ޗައިނާގެ އަސްކަރިއްޔާގެ ބޭނުމަށް ބަނދަރުގެ ބޭނުންކޮށްފާނެ ކަމުގެ ކަންބޮޑުވުން ސަރަހައްދީ ގައުމުތަކުން ފާޅުކޮށްފައިވުމާ އެކު މި އެއްބަސްވުން ގާއިމްކުރުން ވަނީ އެތައް މަސްތަކަކަށް ލަސްވެގެން ގޮސްފައެވެ.

ސަރުކާރުން ވަނީ ޗައިނާއިން މިތަން ހިންގާނީ ވިޔަފާރި ބޭނުމަށް އެކަނިކަން ކަށަވަރުކޮށްދީފައެވެ. މި ބަނދަރު ގާއިމް ކުރެވިފައި މި ވަނީ ޔޫރަޕާއި އޭޝިއާގެ ވިޔަފާރި ގުޅުވައިދޭ މައި މަގުގައެވެ.

ސްރީ ލަންކާ ސަރުކާރުން ބުނީ މި އެއްބަސްވުމުގެ ދަށުން ލިބޭ ފައިސާއިން ބޭރުގެ ދަރަނި އަދާކުރުމަށް އެހީއަކަށް ވާނެ ކަމަށެވެ.

ޗައިނާއިން ހުށަހެޅި ޕްރޮޕޯސަލްގެ ދަށުން ޗައިނާގެ ދައުލަތުން ހިންގާ ކުންފުންޏަކަށް 99 އަހަރަށް ބަނދަރު ކުއްޔަށް ލިބޭއިރު ބަނދަރުގެ ކައިރިން 15،000 އޭކަރުގެ ސަރަހައްދެއް އިންޑަސްޓްރިއަލް ޒޯންގެ ގޮތުގައި ޗައިނާއަށް ލިބޭނެއެވެ.

މި ޕްލޭނާއެކު ރަށްފުށުގެ އެތައް ހާސް ބަޔަކު ވަޒަން ދޫކޮށް ދާންޖެހިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު ސަރުކާރުން ބުނެފައި ވަނީ އެ މީހުންނަށް އާ ބިންތަކެއް ލިބޭނެ ކަމަށެވެ.

ތަމަޅައިންނާ އެކު ހިނގަމުންދިޔަ 26 އަހަރަށް ވުރެ ދިގު ދާޚިލީ ހަނގުރާމަ 2009 ވަނަ އަހަރު ނިމުމާއެކު ޗައިނާއިން ވަނީ ސްރީލަންކާގެ އިންފްރާސްޓްރަކްޗަރ ގާއިމް ކުރުމަށް އެތައް މިލިއަން ޑޮލަރެއް ޕަމްޕް ކޮށްފައެވެ.

އިންޑިއާ ކަނޑުގެ މުހިއްމު ތަނެއްގެ ގޮތުގައި ބެލިގެންދާނެ ހަމްބަންޓޮޓާ ބަނދަރަކީ ޗައިނާއާއި ޔޫރަޕާއި ދެމެދު ގުޅުވައިދޭ މައި މަގު ކަމަށްވާ ޗައިނާގެ ސިލްކް ރޯޑްގައި ހިމެނޭ ތަނެކެވެ.

ޗައިނާގެ މި އިސްނެގުން ސަރަހައްދީ ވާދަވެރިންކަމަށްވާ އިންޑިއާ އާއި ޖަޕާނު ފަދަ ގައުމުތަކުން ގެންދަނީ ބަލަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އެ ސަރަހައްދު ޗައިނާގެ އަޅުވެތިކަމަށް ގެންގޮސްފާނެކަމުގެ ބިރުހީވާ ކަމަށެވެ. އަދި ޗައިނާގެ ކަނޑުގެ ސިފައިންގެ ބޭސްއެއްގެ ގޮތުގައި އެތަން ބޭނުންކޮށްފާނެ ކަމުގެ ބިރު ވެސް އެބަ އޮތް ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ. މި މަޝްރޫއާ މެދު އެންމެ ކަންބޮޑުވާ އެއް ގައުމަކީ އިންޑިއާއެވެ. ލަންކާ ނުވަތަ ރާއްޖޭގައި އެފަދަ ބަނދަރެއް ޗައިނާ އިން ހެދުމަކީ ސަރަހައްދުގައި ޗައިނާގެ ނުފޫޒު އިތުރަށް ވަރުގަދަވެގެންދާނެ ކަމެއްގެ ގޮތުގައި ވާދަވެރި އިންޑިއާ އިން ދެކެއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
29 ޖުލައި 2017 | ހޮނިހިރު 23:15
ދިވެހި ޕްރޮޕޯސަލް
މަށައް ފެންނަނީ 99 އަހަރަށް ދިވެހިރާއްޖެ ސުވިޑެން ނުވަތަ ނޯރވޭ ނުވަތަ ފިންލޭނޑް އައް ކުއްޔަށްދޭން