ކ. މާލެ
|
27 ޑިސެންބަރ 2023 | ބުދަ 11:34
ރަން މެޑަލް ހޯދި ރާއްޖޭގެ ޒުވާން ފެތުންތެރިޔާ މެރާލް
ރަން މެޑަލް ހޯދި ރާއްޖޭގެ ޒުވާން ފެތުންތެރިޔާ މެރާލް
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ސްވިމިން
ސަތޭކަ މީޓަރު ބަޓަފްލައި ރޭހުން މެރާލް ރަން މެޑަލް ހޯދައިފި
 
މެރާލް ވަނީ ބޮޑު ތަފާތަކުން ރޭސް ނިންމައި، އެއް ވަނަ ހޯދައިފައި

ސްރީލަންކާގައި ކުރިއަށްދާ އެ ޤައުމުގެ ނެޝަނަލް އަދި ނެޝަނަލް ޖޫނިއާ ޝޯޓްކޯސް މުބާރާތުގައި ވާދަކޮށް، ރާއްޖޭގެ މެރާލް ޢައިން ލަތީފް ރަން މެޑަލް ހޯދައިފި އެވެ.

ޒުވާން ފެތުންތެރިޔާ މެރާލް ރަން މެޑަލް ހޯދީ 100 މީޓަރު ބަޓަފްލައި ރޭހުގައި ވާދަކޮށެވެ. މެރާލް ރަން މެޑަލް ހޯދީ 14 ފެތުންތެރިންގެ ހީޓުގައި ވާދަކޮށް، ފައިނަލްގައި އަށް ފެތުންތެރިންނާ ވާދަކުރުމަށްފަހު އެވެ. މެރާލް ވަނީ ބޮޑު ތަފާތަކުން ރޭސް ނިންމައި، އެއް ވަނަ ހޯދައިފަ އެވެ. މެރާލް ރޭސް ނިންމާފައި ވަނީ 01:13.09 ގެ ޓައިމިން އަކުންނެވެ. އުމުރުން 14 އަހަރުގެ މެރާލް އަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ ޒުވާން ފެތުންތެރިޔެކެވެ.

މި މުބާރާތުގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ޖޫނިއާ ފިރިހެން ޓީމުން ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. އެއީ ހަތަރެއް ގުނަ ސަތޭކަ މީޓަރު މެޑްލީ ރިލޭ އިންނެވެ. ރާއްޖެ އިން ރިހި މެޑަލް ހޯދި ޓީމުގައި ހިމެނޭ ފެތުންތެރިންނަކީ، ލޫތު މުޙައްމަދު ޙުސެއިން، ޔާސިން މުޙައްމަދު ޔޫސުފް، ޝައިމް ޙުސެއިން އިބްރާހީމް އަދި އިސްމާއީލް އަޖުމަލް މޫސާ އެވެ.

މީގެ އިތުރުން ސީނިއާ ފިރިހެެން ޓީމުން ވަނީ ހަތަރެއް ގުނަ ސަތޭކަ މީޓަރު މެޑްލީ ރިލޭ ބައިގައި ވާދަކޮށް، ލޯ މެޑަލް ހޯދައިފަ އެވެ. އެ ޓީމުގައި ހިމެނެނީ އިޒްޔާން އަޙުމަދު، މުޙައްމަދު އާން ޙުސެއިން، އަލީ އިމްއާން އަދި މުޙައްމަދު ރިހާން ޝިހާމް އެވެ.

ސްރީ ލަންކާގައި މި މުބާރާތް ކުރިއަށް ދަނީ މި ހިނގާ ޑިސެމްބަރު މަހުގެ 26 އިން ފެށިގެން، 30 ވަނަ ދުވަހާ ހަމައަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް