ފަންސާސް އަހަރުން މަތީގެ މީހުންނަށް އެކަނި ވަދެވޭ ގޮތައް އިޒްރޭލުން އަލް އަގްސާ މިސްކިތް ބަންދުކޮށްގެން ތިބުމަށްފަހު، ފަލަސްތީންގެ އެންމެންނަށްވެސް ވަދެވޭ ގޮތައް އިޒްރޭލުން އެ މިސްކިތް ހުޅުވާލައިފިއެވެ.
މިސްކިތައް ވަނުމަށް ހުރަސްތައް ކުރިމަތިކޮށްގެން ތިބުމަށްފަހު އެންމެންނަށްވެސް ވަދެވޭ ގޮތައް އިޒްރޭލުން މިސްކިތުގެ ދޮރުތައް ހުޅުވާލީ އިއްޔެގެ ހުކުރު ނަމާދަށް ވަރަށް ކައިރިވެފައި ވަނިކޮށްނެވެ.
މިސްކިތް ހުޅުވާލުމާއެކު ދިހަ ހާހެއްހާ މީހުން ނަމާދަށް މިސްކިތައް ވަތް ކަމަށް ޚަބަރުތައް ބުނެއެވެ.
ނާމާދަށް ފަހު ހުޅަނގު އައްސޭރީގެ ބައެއް ހިސާބުތަކުގައި އިޒްރޭލާ މެދު ހިތްހަމަ ނުޖެހުން ފާޅު ކުރުމަށް އެއްވުންތައް ބާއްވާފައިވެއެވެ. އަދި ހިތްހަމަ ނުޖެހުން ފާޅު ކުރި މީހުންނާ ދެކޮޅަށް އިޒްރޭލް ސިފައިން ފެން ބަޑި އާއި ކަރުނަ ގޭސް ބޭނުންކޮށްފައި ވެއެވެ.
ފަލަސްތީންގެ ރެޑް ކްރެސެންޓުން ބުނެފައިވަނީ ހަމަ ނުޖެހުންތަކުގައި އެކިވަރުގެ އަނިޔާ ލިބިގެން 225 މީހުންނަށް ފަރުވާ ދިނުމަށް ގެނެސްފައިވާ ކަމަށެވެ.
ޖުލައި 15 ވަނަ ދުވަހު އިޒްރޭލުން އަގްސާ މިސްކިތް ބަންދު ކުރުމާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުން ނަމާދު ކުރަމުން ގެންދިޔައީ މިސްކިތުން ބޭރުގައެވެ. މިސްކިތް ބަންދު ކުރުމާ ގުޅިގެން ފާއިތުވި ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފަލަސްތީންގެ ރައްޔިތުން ގެންދިޔައީ ހުއްޓުމެއް ނެތި އިޒްރޭލާ ދެކޮޅަށް އިހްތިޖާޖް ކުރަމުންނެވެ.
Since July 15th, Palestinians in Jerusalem have been performing prayers outside the compound in protest. Tonight they pray inside. pic.twitter.com/7aLonR8V36
— The IMEU (@theIMEU) July 28, 2017