ކ. މާލެ
|
25 ޑިސެންބަރ 2023 | ހޯމަ 19:41
ރައީސް މުއިއްޒު، ކެބިނެޓް ވަޒީރުންނާއެކު
ރައީސް މުއިއްޒު، ކެބިނެޓް ވަޒީރުންނާއެކު
ރައީސް އޮފީސް
ރައީސް މުއިއްޒުގެ ސަރުކާރު
ރައްޔިތެއްގެ ވާހަކަ: އުންމީދުގައި ގެނައި ސަރުކާރު އެހެން ހުރިހާ ސަރުކާރަކަށްވުރެ ގޯސް!
 
ސަރުކާރާމެދު ރައްޔިތުންގެ ހިތްހަމަނުޖެހުން ބޮޑު
 
އޭގެ އެންމެ މައިގަނޑު އެއް ސަބަބަކީ، ނުކުރައްވާނެކަމަށް ވިދާޅުވި ގިނަ ކަންކަން، މި ސަރުކާރުން ކުރުން
 
އެގޮތުން ރައީސް ޔާމީން މިނިވަން ނުކުރެއްވުން، ބިން ދޫކުރުން އަދި ސިޔާސީ މަގާމުތަކުގެ މައްސަލަ ހިމެނޭ

އޮފީސް މަސައްކަތްތަކެއް ކުރުމަށް އާންމުންގެ ޚިޔާލު ހޯދާލުމަށް މާލޭގެ އެންމެ ކާރުބާރޫ ބޮޑު އެއް ސަރަހައްދުކަމަށްވާ ބާޒާރު މައްޗަށް ދިޔައީމެވެ. މަސައްކަތަކީ އެއްވެސް ހާލެއްގައި ރައީސް މުއިއްޒު ނުވަތަ އެމަނިކުފާނުގެ ސަރުކާރާ ގުޅުންހުރި މަސައްކަތަކަށް ޚިޔާލު ހޯދުމެއް ނޫނެވެ. އެ މަސައްކަތުގެ ތެރެއިން، ޚިޔާލު ހޯދުމަށް މި ބާޒާރުގެ ގޮޅިތަކާއި، ފިހާރަތަކާއި އަދި އެތަންތަނުގެ ކުރިމައްޗަށް އޮންނަ ފަޅުގައި ތިބި ބައެއް ބޯޓުތަކުގެ ވެރިންނާވެސް ވާހަކަދައްކާލީމެވެ. ކޮންމެ މީހެއްގެވެސް ވާހަކައިން ފާހަގަވި އެއްގޮތް ކަމެެކެވެ. މި ސަރުކާރާމެދު އެމީހުންގެ އޮތް ނުތަނަވަސްކަމެވެ.

އެއްވެސް ހާލެއްގައި އެ މީހުންނާ ވާހަކަދައްކާލީ، ޕާޓީ ކަމެއްގައި ނޫންކަމަށްވާއިރު، އެ މީހުން އެފަދަ ވާހަކަތަކެއް އަޅުގަނޑު ގާތު ދައްކާނީ ހަމަ ސަބަބުތަކެއް ހުރީމާތާއެވެ. މި ލިޔުން ލިޔަން އިށީނދެ، ވިސްނާލުމުން އެ ރައްޔިތުންގެ ނުތަނަވަސްކަން މަތިން ވިސްނާލުމުން ހަނދާންވީ ދިވެހި ރެޕް ލަވައެކެވެ. އެ ލަވައިގެ މައިގަނޑުގައި ބުނާ ވާހަކަތަކެވެ. ކުޑަ ތަންކޮޅެއް ލިޔެލާނަމެވެ.

އެ ރައްޔިތުންގެ ވާހަކަތަކަށް ވަރަށް ފުންކޮށް ވިސްނުމަށްފަހު، ކޮންމެ މީހަކު ގާތުންވެސް އެއް ސުވާލެއް ކޮށްލަމެވެ. އެ ސުވާލަކީ އެ މީހަކު އެހާ ދެރަވަނީ ނުވަތަ ހިތްހަމަނުޖެހެނީ ކޮން ކަމަކާތޯއެވެ. އެ ސުވާލަށް އެކި މީހުންގެ ޖަވާބު ވަރަށް ތަފާތެވެ. ބައެއް މީހުންގެ ޖަވާބަކަށްވީ ރައީސް މުއިއްޒުގެ ސަރުކާރުން، ރާއްޖޭގެ ބިމުން އަކަފޫޓެއްވެސް ދޫނުކުރާނެ ކަމަށް ބުނެ، މިއަދު ރާއްޖެއިން 70 ހެކްޓަރުގެ ބިން ބޭރުގެ ބަޔަކަށް 99 އަހަރަށް ދިނުމެވެ. އެހެން މީހަކު ބުނިގޮތުގައި ހުރިހާ ކަމެއް ރަނގަޅު ކުރާނެ ކަމަށް ބުނެ އައި ސަރުކާރަށް، އެއްވެސް ކަމެއް ރަނގަޅު ނުކުރެވުނު ތަނުގައި، ހުރިހާ ކަމެއް އިތުރަށް ގޯސް ކުރުމެވެ. އޭގެ މިސާލެއްގެ ގޮތުގައި އެ މީހާ ބުނީ ސިޔާސީ މަގާމުތަކާއި އެފަދަ ކިތަންމެ ކަންކަމެވެ.

އެހާ ހިސާބުން އުފެދުނު ސުވާލަކީ، މި ސާރުކާރަށް މަހަކާއި ދުވަސްކޮޅެއް ވީއިރު، ރައްޔިތުންނަށް މި ސަރުކާރު ހަމަ އެހާވެސް ގޯހީހެއްޔެވެ. ނުވަތަ މި ސަރުކާރުން ގޯސްކޮށް ކުރީ ކޮން ކަމެއްތޯ ކުރެވުނު ސުވާލެވެ. ކަންކަން ހިނގި ގޮތަށް ބެލިއިރު، އާންމުން އެ ދައްކަނީ ހަމަ ތެދު ވާހަކަތަކެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސިޔާސީ މަގާމުތައް 700ގައި ހިފަހައްޓާނެ ކަމުގެ ޔަގީންކަމާއެކުއެވެ. ހެދި ހިސާބުތަކާއި ބެލި ބެލުމުން މިއަދު އެ އަދަދު 600އާ ގާތްވެއްޖެއެވެ. އަދި ކުރިއަށް މަޖިލިސް އިންތިޚާބު އެބައޮތެވެ. އަނެއްކޮޅުން ސަރުކާރަށް އަދި ބާކީ ހަތަރު އަހަރާއި 10 މަސް ގާތްގަޑަކަށް އެބައޮތެވެ. މިވަރުން ދާނަމަ އެ އަދަދު އެއަށްވުރެ ބޮޑުވާނެކަމަށް ބެލެވެއެވެ.

ދެން އޮތީ މި ސަރުކާރުން ވިއްކި ގައުމިއްޔަތެވެ. ރާއްޖޭގެ ކަނޑާއި ބިމެވެ. މިއަދު އެކަންވެސް ފަސްއަޅައި ފޮރުވިއްޖެއެވެ. ގައުމިއްޔަތެއް މިއަދު ދިފާއުކުރެވޭނެ ގޮތެއް ނެތެވެ. ބިމުން ބައެއް 99 އަހަރަށް ދޫކޮށްފިއެވެ. ރައްޔިތުން ގާތުގައި، ނުކުރާނެ ކަމަށް ބުނި އެތައް ކަމެއް ކޮށްފިއެވެ.

އެންމެ މުހިންމު ކަމެއްގެ ގޮތުގައި ގިނަ މީހުން ފާހަގަކުރީ، ރައީސް ޔާމީންގެ މައްސަލައިގައި މިއަދު ސަރުކާރުން ދައްކަމުން އަންނަ ބަހަނާއެވެ. ވާހަކަދެއްކި މީހަކު ދުށްގޮތުގައި މިއަދު މި ސަރުކާރުން އެކަމުގައި ދައްކަނީ ބަހަނާއެވެ. އެއީ ހަމަ ގަސްދުގައި ކުރާ ކަމެކެވެ. އެހެން އެކަން ހިނގާކަމަށް ވުންވެސް ވަރަށް ގާތެވެ. އެއީ މިއަދު ރައީސް ޔާމީނަކީވެސް ރައީސް މުއިއްޒުގެ ސަރުކާރުގެ އިދިކޮޅު ޕާޓީއެއްގެ މެމްބަރެކެވެ. އަމިއްލަ ޕާޓީ ދޫކުރައްވައި ރައީސް ޔާމީން އައު ޕާޓީއެއް އުފެއްދެވީވެސް އެކަމާއެވެ. އެ ހިތްހަމަނުޖެހުމުގެ ސަބަބުންނެވެ.

ހިނގަމުންދާ ކަންކަމުން ފެންނަނީ، މިއަދު ހަމަ ރަނގަޅަށްވެސް މި ސަރުކާރުން ރައްޔިތުން ގުނބޯ ހައްދުވައިފިކަމެވެ. މިއަދު ރައްޔިތުން އެކަމާ ހިތާމަކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޕާޓީ ބަދަލުކުރިއަސް، ޕާޓީއަކާއި ގުޅުނަސް، ދައުރު ނުފެށޭހާ ހިނދަކު މެންބަރުގެ ގޮނޑި ނުގެއްލޭނެ - އީސީ
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ބިލު ރައީސް ތަސްދީގުކުރައްވައިފި
އަޑުއިވެމުންދަނީ އެންޓި ޑިފެކްޝަން ބިލު ތަސްދީގު ނުކުރަނީ އިންތިހާބަށްފަހު ސަރުކާރުން މެންބަރުން ގަންނަން ބޭނުންވާތީ ކަމަށް - ޞާލިހު
ރައީސް މުއިއްޒަކީ އަމިއްލަފުޅު ޕާޓީގެ އުސޫލުތަކާއި ހަމަތައް ވެސް ހިފަހައްޓަވާ ބޭފުޅެއް ނޫން: ރައީސް ސާލިހު
ރައީސް މަގޫދޫއަށް ވަޑައިނުގަތީ ރައްޔިތުންނާއި ކުރިމަތިލާން ޖެހިލުންވެވަޑައި ގަންނަވާތީ؟
މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަމެއް ރައީސް ނުދެއްވާ - ކައުންސިލް