ކ. މާލެ
|
25 ޑިސެންބަރ 2023 | ހޯމަ 15:17
ސްރީލަންކާގައި ފުލުހުން އަތުލާފައިވާ ޑްރަގް
ސްރީލަންކާގައި ފުލުހުން އަތުލާފައިވާ ޑްރަގް
ގެޓީ އިމޭޖަސް
ސްރީލަންކާގެ ޑްރަގް އޮޕަރޭޝަން
ސްރީލަންކާގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ފަނަރަ ހާހެއްހާ މީހުން ހައްޔަރުކޮށްފި
ސްރީލަންކާގައި 2016 ވަނަ އަހަރުވެސް ފުލުހުން ވަނީ 800 ކިލޯ ޑްރަގް ޑްރަގްސް އަތުލައިގެންފައި
ހައްޔަރުކުރެވުނު ކުށްވެރިންގެ ވެހިކަލްތަކާއި އެހެންވެސް މުދާ ހިފެހެއްޓިފައި ވާކަމަށްވެސް ޚަބަރު ލިބޭ

ސްރީލަންކާގައި ޑްރަގް ޓްރެފިކްކުރުން ހުއްޓުވުމަށް އަމާޒުކޮށް ހިންގި ޚާއްސަ އޮޕަރޭޝަން އެއްގައި ފަނަރަ ހާހެއްހާ މީހުން ހައްޔަރުކޮށްފިއެވެ. އެ ގައުމުގެ ފުލުހުން މައުލޫމާތު ދީފައިވާގޮތުގައި ހަފުތާއަކަށް ކުރިޔަށްގެންދިޔަ އޮޕަރޭޝަނުގައި 440 ކިލޯ ޑްރަގް އަތުލައިގެންފައި ވެއެވެ. އޭގެތެރޭގައި ހެރޮއިން ހިމެނޭގޮތުން، ތަފާތު ވައްތަރުގެ ޑްރަގް ހިމެނޭކަމަށް ފުލުހުން ބުނެއެވެ. ޚާއްސަ ޕޮލިސް ކުއްތާތައް ބޭނުންކޮށްގެން ހިންގި އޮޕަރޭޝަންގައި، ވެރިރަށް ކޮލޮމްބޯއާއި އެހެން ބައެއް ހިސާބުތަކުގެ ގެތައް ވަނީ ބަލައި ފާސްކޮށްފައެވެ.

އޮޕަރޭޝަނާ ގުޅިގެން، ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ، ސަރޗް ވޮރަންޓް ނެތި ބައެއް ތަންތަން ބަލާފައިވާތީ އެކަމާ މައްސަލަ ޖައްސާފައެވެ. ނަމަވެސް ޑްރަގް ހުރިތޯ ބެލުމަށް ހުރިހާ ފަހަރަކު ވޮރަންޓް ބޭނުންނުވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި އޮޕަރޭޝަނުގައި ޑްރަގް ސްމަގްލްކުރާ ކަމަށް ޝައްކުކުރެވޭ 13،666 މީހުން ހައްޔަރުކޮށްފައި ވާއިރު، ޑްރަގް ބޭނުންކޮށް އެއަށް އެޑިކްޓް ވެފައިވާ 1،097 މީހުން ވަނީ މިލިޓަރީން ހިންގާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަކަށް ފޮނުވާފަކަމަށް އޮފިޝަލުން ބުނެއެވެ.

ހައްޔަރުކުރެވުނު ކުށްވެރިންގެ ވެހިކަލްތަކާއި އެހެންވެސް މުދާ ހިފެހެއްޓިފައި ވާކަމަށްވެސް ޚަބަރު ލިބެއެވެ.

ޑްރަގް ސްމަގްލްކުރުމުގެ ކަންކަން ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި، ޓްރެފިކް ކުރާފަރާތްތަކުން ސްރީލަންކާ ބޭނުންކުރަނީ ހަބެއްގެ ގޮތުގައެވެ. އަދި ހެރޮއިން، ހަޝިޝް، އަދި ކެނަބިސްފަދަ ޑްރަގް ރަށުތެރޭން އުފުލުމުގެ ތެރޭން ސީރިއަސް މައްސަލަތައް ދަނީ އުފެދެމުން ކަމަށް އޮފިޝަލުން ބުނެއެވެ.

ޑްރަގް އޮޕަރޭޝަން، ކްރިސްމަސްއަށް މެދުކަނޑާލި ނަމަވެސް، އަންނަ ހަފުތާގައި އަލުން ފަށާނެކަމަށް ޚަބަރު ލިބެއެވެ.

ސްރީލަންކާގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޑްރަގް އަތުލައިގަނެވިފައިވަނީ 2016 ވަނަ އަހަރުއެވެ. އެފަހަރު ފުލުހުން ވަނީ 800 ކިލޯ ޑްރަގް އަތުލައިގެންފައެވެ.

- ކޮމެންޓް