ކ. މާލެ
|
29 ޖުލައި 2017 | ހޮނިހިރު 11:47
މަރާލެވުނު އަންހެން މީހާއަކީ އެމެރިކާގެ ޔޫޓާ ސްޓޭޓްއަށް ނިސްބަތްވާ ކްެރިސްޓީ މަންޒަނަރެސް ކިޔާ މީހެއް
މަރާލެވުނު އަންހެން މީހާއަކީ އެމެރިކާގެ ޔޫޓާ ސްޓޭޓްއަށް ނިސްބަތްވާ ކްެރިސްޓީ މަންޒަނަރެސް ކިޔާ މީހެއް
ދަ ޑެއިލީ ބީސްޓް
އަންބަކު މަރާލުން
ހުނުން ހުއްޓާ ނުލައިގެން އަނބި މީހާ މަރާލައިފި
ދެ މީހންގެވެސް އުމުރަކީ 39 އަހަރު
ކްރޫޒް ޝިޕްގައި ކުރާ ދަތުރުގައި ޢާއިލާގެ މެމްބަރުންވެސް ބައިވެރިވި
މަރާލެވުނު އަންހެން މީހާއަކީ އެމެރިކާގެ ޔޫޓާ ސްޓޭޓަށް ނިސްބަތްވާ މީހެއް

އެމެރިކާގައި ކްރީޒް ޝިޕެއްގައި އަނބިމީހާ ހުނުން ހުއްޓާނުލައިގެން މަރާލައިފި އެވެ. 

އަންގާރަ ދުވަހު މި ޖަރީމާ ހިންގާފައިވަނީ އެމެރިކާގެ ސްޓޭޓެއްކަމަށްވާ އެލަސްކާގައި އޮތް، ޕްރިންސެސް ކްރޫޒްއިން އޮޕަރޭޓް ކުރާ އެމަރަލްޑް ކްރޫޒް ޝިޕްގަ އެވެ.  މި ކްރޫޒް 3،400 ފަސިންޖަރުންނާއެކު އެއް ހަފްތާގެ ދަތުރަކަށް ފުރާފައިވަނީ އާދީއްތަ ދުވަހުއެވެ.

މަންޒަރު ދުށް މީހުން ބުނީ އެ އަންހެން މީހާ އޭނާގެ ފިރިމީހާއާ  ދިމާލަށް ހޭންފެށުމަށްފަހު ހުއްޓާނުލި ކަމަށެވެ. ބޮލަށް ބޮޑެތި ޒަޚަމްތަކެއް ވެފައި އޮތް އެ އަންހެން މީހާގެ ހަށިގަނޑު ފެނިފައިވަނީ ކްރީޒް ޝިޕްގައި އެ ދެ މީހުންގެ ކެބިންއިންނެވެ.

އުމުރުން 39 އަހަރުގެ ކްެރިސްޓީ މަންޒަނަރެސްގެ ފިރި މީހާ، ކެނެތް މަންޒަނާރެސްގެ މައްޗަށް ވަނީ  އަނބިމީހާ މަރާލުމުގެ ތުހުމަތުގައި ދައުވާކޮށްފައެވެ. ކެނެތު ހައްޔަރުކޮށްފައިވަނީ އޭނާގެ އަތުންނާއި އަންނައުނުން ލޭ ފެނުމުންކަމަށް ކޯޓުގެ ލިޔެކިއުންތަކުގައި ބުނެއެވެ. މިކަމާ ގުޅޭ ގޮތުން އޭނާގެ ވަކީލު ބަހެއް ނުބުނެ އެވެ. 

އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި މަރާލެވުނު އަންހެން މީހާއަކީ އެމެރިކާގެ ޔޫޓާ ސްޓޭޓްއަށް ނިސްބަތްވާ މީހެކެވެ. 

މިއީ ކިހިނެތް ހިނގި ކަމެއްތޯ އެހުމުން މަންޒަނަރެސް ބުނެފައިވަނީ"އަންހެން މީހާ އޭނާާއާ ދިމާލަށް ހުނުން ހުއްޓާ ނުލުުމުން" ކަމަށެވެ.

މި ހާދިސާއަކީ އެެމެރިކާގެ ކަނޑުގެ ސަރަހައްދުގައި ހިނގާފައިވާ ހާދިސާއެއްކަމުން އެމެރިކާއިން ގެންދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.މި ދަތުރުގައި ދެމަފިރިންގެ އާއިލާ މެމްބަރުންެވެސް ބައިވެރިވެފައިވާއިރު އެ މީހުންގެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް