ކ. މާލެ
|
24 ޑިސެންބަރ 2023 | އާދީއްތަ 06:20
ނައީޝް ހޯދުމަށް އަދިވެސް ދަނީ މަސައްކަތްކުރަމުން
ނައީޝް ހޯދުމަށް އަދިވެސް ދަނީ މަސައްކަތްކުރަމުން
ވީނިއުސް
ނައީޝް ހޯދުމުގެ މަސައްކަތް
ނައީޝް ހޯދަން ކުރާ މަސައްކަތް ކުރިއަށް - ވައިގެ މަގުން 279 ސްކޮޔާ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި
ބުރާސްފަތި ދުވަހުގެ ރޭ ނައީޝް ގެއްލިގހެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 22:45 ހާއިރު
ނަައީޝް ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކަމަށް އެމްއެންޑީއެފުން ބުނެފައިވޭ
ނައީޝް ހޯދުމުގައި، އައްޑޫސިޓީގެ މަރަދޫގެ ތިން މަސްބޯޓެއް ދަނީ ބޭނުންކުރަމުން

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ސިޓީގައި އިހި ނަގަން އުޅެނިކޮށް ގެއްލިފައިވާ މުހައްމަދު ނައީޝް ނަސްރު ހޯދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި އޭނާ ހޯދުމަށް ވައިގެ މަގުން 279 ސްކޮޔާ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ އައްޑޫ ސިޓީގައި މޫދަށް ފޭބިފަހުން ގެއްލިގެން ހޯދަމުންދާ މުޙައްމަދު ނައީޝް ހޯދުމަށް ކުރިއަށް ގެންދާ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި ކަނޑު މަގުން 300 ސްކޮޔަރ ނޯޓިކަލް މޭލު އަދި ޑައިވްކޮށްގެން 600 މީޓަރުގެ ސަރަހައްދެއް ހޮނިހިރު ދުވަހު ބަލާފައިވާ ކަމަށެވެ.

އޭނާ ހޯދުމަށް ކުރާ މަސައްކަތަށް މޫސުން ގޯސްވުމުގެ ސަބަބުން ގޮންޖެހުންތައް ދިމާވި ނަމަވެސް ނަައީޝް ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މީގެ އިތުރުން ނައީޝް ހޯދުމުގައި، އައްޑޫސިޓީގެ މަރަދޫގެ ތިން މަސްބޯޓެއް ދަނީ ބޭނުންކުރަމުންނެވެ.

ބުރާސްފަތި ދުވަހުގެ ރޭ ނައީޝް ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ އެރޭ 22:45 ހާއިރެވެ.

- ކޮމެންޓް