ކ. މާލެ
|
24 ޑިސެންބަރ 2023 | އާދީއްތަ 06:00
މެޗުގައި ލަނޑު ޖެހުމަށްފަހު އިންޓަގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އިންޓަގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާރސް
އިޓާލިއަން ލީގު
ލީސް ބަލިކޮށް، އިންޓަ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް
 
އިންޓަ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 17 މެޗުން 44 ޕޮއިންޓު ހޯދައިގެން

އިޓާލިއަން ލީގުގައި ލީސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އިންޓަ މިލާނުން އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އިންޓަގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށްވެފައި ވަނިކޮށް، އިންޓަ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަަގައިދިނީ ޔަން ބިސެކް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ހަކަން ޗަނޮގްލޫ އެވެ. އިންޓަގެ ދެ ވަނަ ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 78 ވަނަ މިނެޓުގައި ދެ ވަނަ ލަނޑު ޖަހައި، އިންޓަ އަށް ލީޑު ފުޅާ ކޮށްދިނީ ނިކޮލޯ ބަރެއްލާ އެވެ. އޭނާ އެ ލަނޑު ޖެހީ މާކޯ އާނައުޓޯވިޗް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މޮޅާއެކު އިންޓަ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 17 މެޗުން 44 ޕޮއިންޓު ހޯދައިގެންނެވެ. އިންޓަގެ ފަހަތުން ދެ ވަނައިގައި އޮތް ޔުވެންޓަސް އަށް ލިބެނީ 40 ޕޮއިންޓެވެ. ދެ ޓީމުގެ ދެމެދުގައި ކުޑަ ފަރަގެއް އޮތްއިރު، ޔުވެންޓަސް ވެސް އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް