ވެސްޓް ހޭމް ޔުނައިޓެޑް އަތުންވެސް ބަލިވެ, އިނގިރޭސި ޕްރިމިއަރ ލީގުގައި ކުރިއަށް ދިއުމަށް މެންޗެސްޓަރ ޔުނައިޓެޑަށް އަނެއްކާވެސް ހުރަސް އެޅިއްޖެއެވެ.
މެޗަށް ނިކުތްއިރު, ޔުނައިޓެޑަށްވުރެ ފަހަތުގައި އޮތް ވެސްޓް ހޭމް އިން ވަނީ މެޗުން މޮޅުވެ ލީގު ތާވަލްގައިވެސް ޔުނައިޓެޑް ފަހަތަށް ޖައްސާލާފައެވެ. ވެސްޓް ހޭމް އިން މެޗު ކާމިޔާބުކުރީ 2-0 ނެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު 72 ވަނަ މިނިޓްގައި ޖަހާ ލީޑް ނަގައިދިނީ ބޮވެން އެވެ. އޭގެ ހަ މިނިޓް ފަހުން, ދެވަނަ ލަނޑު ޖަހާ ވެސްޓް ހޭމްއަށް ލީޑް ފުޅާކޮށްދިނީ މުހައްމަދު ކުޑޫސް އެވެ. ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ދަށް ނަތީޖާތަކާއެކު ކޯޗު އެރިކް ޓެން ހާގަށް ވަނީ ވަރަށް ބޮޑަށް ޕްރެޝަރ ބޮޑުވެފައެވެ.
މިނަތީޖާއާއެކު ވެސްޓް ހޭމް ލީގު ތާވަލްގެ ހަވަނަ އަށް ކުރިއަށް ޖެހިލާ, މެންޗެސްޓަރ ޔުނައިޓެޑް ވަނީ އަށް ވަނަ އަށް ސޮއްސާލާފައެވެ. މެޗަށްފަހު ވެސްޓް ހޭމްގެ ފޯވާދް ބޮވެން ބުނީ އެންމެ ދަށްވެގެން ހަވަނާގައި ނިންމާލަން ބޭނުންވާ ކަމަށެވެ. ކޯޗު ޑޭވިޑް މޮއިސް ބުނީ އާއަހަރަށް ދާއިރު ގަދަ ހައެއްގައި އޮތުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.