Advertisement
ކ. މާލެ
|
23 ޑިސެންބަރ 2023 | ހޮނިހިރު 13:23
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް
ރައީސް އޮފީސް
ނައިބު ރައީސް ފުރާވަޑައިގަތުން
މޮންޓެނީގްރޯއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ފުރާވަޑައިގެންފި
ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓެނީގްރޯގައި ބައިވެރިވެވަޑައިގަންނަވާނެ
މި ކޮންގްރެސް އޮންނާނީ މި ޑިސެންބަރު މަހު 24ން 26ށް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް، ރިޕަބްލިކް އޮފް މޮންޓެނީގްރޯއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނު ފުރާވަޑައިގެންނެވީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި، މޮންޓެނީގްރޯގެ ޑަނިލޮވްގްރަޑްގައި ބާއްވާ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓެނީގްރޯގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ކޮންގްރެސް އޮންނާނީ މި ޑިސެންބަރު މަހު 24ން 26ށެވެ.

Advertisement

މި ކޮންގްރެސްގައި ނައިބު ރައީސް ވާހަކަފުޅުދައްކަވަނީ، ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ފޮރ ސެކިއުރިޓީ، އިންޓަރނަލް ޕޮލިސީ، ޔޫރަޕިއަން އެންޑް ފޮރިން އެފެއަރޒް އަދި ޑިމޮކްރެޓިކް މޮންޓެނީގްރޯގެ ރައީސް ހިޒް އެކްސެލެންސީ މިސްޓަރ އަލެކްސާ ބެސިކްގެ ދައުވަތަކަށެވެ.

ދިވެހިރާއްޖެއާ މޮންޓަނީގްރޯއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 24 ނޮވެންބަރު 2009ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް