ކ. މާލެ
|
23 ޑިސެންބަރ 2023 | ހޮނިހިރު 09:54
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް ހިލާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް ހިލާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ސައޫދީ ޕްރޯ ލީގު
އަލް ހިލާލަށް ހަތް ލަނޑުގެ މޮޅެއް
 
މޮޅާއެކު އަލް ހިލާލް އޮތީވެސް އެއްވަނާގައި

ސައޫދީ ޕްރޯ ލީގުގައި އަބްހާއާ ދެކޮޅަށް ކުޅުނު މެޗުން އަލް ހިލާާލް މޮޅުވެއްޖެއެވެ.

ލީގުގައި އަބްހާއާ ދެކޮޅަށް ކުޅުނު މެޗު އަލް ހިލާލުން ކާމިޔާބު ކުރީ 7-0ންނެވެ.

މެޗުގައި އަލް ހިލާލުން އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ 18 ވަނަ މިނިޓުގައެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ސާޖެޖް މިލިންކޮވިޗް ސަވިޗްއެވެ. އޭގެ ފަހުން 25 ވަނަ މިނިޓުގައި އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ އެލެކްސެންޑާ މިޓްރޮވިޗެވެ. އެއީ އަލް ހިލާލަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، އޭނާ ޖަހައިދިން ލަނޑެކެވެ. އަލް ހިލާލްގެ ތިންވަނަ ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ޖެހީ ސައޫދީ އަރަބިޔާގެ ސާލިމް އައްދައުސަރީއެވެ. އޭގެ ހަތް މިނެޓު ފަހުން މިލިންކޮވިޗް ވަނީ އަލް ހިލާލްގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. އޭގެ ފަހުން 82 ވަނަ މިނިޓުގައި މުހައްމަދު ކަންނޫ ފަސްވަނަ ލަނޑު ޖެހިއިރު، ހަވަނަ ލަނޑު އޭގެ ހަތަރު މިނެޓު ފަހުން ޖެހީ ރުބެން ނެވެސްއެވެ. އަލް ހިލާލްގެ ފަހު ލަނޑު، މެޗުގެ އިތުރު ވަގުތުގައި ޖަހައި މިލިންކޮވިޗް ވަނީ އޭނާގެ ހެޓްރިކް ހަމަކޮށްފައެވެ.

މޮޅާއެކު އަލް ހިލާލް އޮތީވެސް އެއްވަނާގައެވެ. އެއީ މިހާތަނަށް ކުޅުނު 18 މެެޗުން 50 ޕޮއިންޓު ހޯދައިގެންނެވެ. އަލް ހިލާލާއި، ދެ ވަނައިގައި އައްނަސްރާ ދެމެދު 10 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. އަލް ހިލާލަކީ މި ސީޒަންގެ ސައޫދީ ލީގުގައި މޮޅަށް ކުޅެމުން އަންނަ އެއް ޓީމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް