ކ. މާލެ
|
22 ޑިސެންބަރ 2023 | ހުކުރު 15:36
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ގޫގުލް
މަސްތުވާތަކެތީގެ މައްސަލަ
މަސްތުވާތަކެތި ޓްރެފިކް ކުރި މީހަކު ބަންދަށް
 
މައްސަލަ 15 ދުވަސްތެރޭގައި ކޯޓަށް ހުށަހެޅޭނެކަމަށް ލަފާކުރެވޭ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވޭ

މަސްތުވާތަކެތި ޓްރެފިކް ކުރި މީހަކު ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ދިވެހިފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ނެރިފައިވާ އަމުރުގައި ބުނެފައިވަނީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލައިގައި ބަންދުކޮށްފައިވަނީ ހުޅުމާލެ ފުލެޓް ނަންބަރު 05-3-1 އަލީ ޔާނިއު (27) އަހަރުއެވެ.

އޭނާގެ ބަންދަށް ދީފައިވަނީ 20 ދުވަހެވެ. ބަންދުގައި ބަހައްޓަން އަމުރުކުރި ސަބަބުގެ ގޮތުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އެނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރުގެ ހެކި ގަރީނާ ހުށަހަޅާފައިވުމެވެ. އަދި ބަންދުގައި ބަހައްޓަން އަމުރުކުރި ހާލަތަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރިވެދާނެކަމަށް ފެންނާތީއެވެ.

އަދި ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރުގައި ހުރިކަންކަން ފުރިހަމަވާކަމަށް ބެލެވޭތީ، ބަންދުގައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް، ބަންދުގައި ބަހައްޓަންޖެހޭ ހާލަތް އޮތްކަމަށް ދެކޭ ސަބަބުގެ ގޮތުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މި މައްސަލައިގައި ހުށަހަޅާފައިވާ ހެކިންގެ ހެކިބަހާއި، ސޮއިކޮށްފައިވާ ޑީއެޗްއެލްގެ ލިޔުމާއި، މަސްތުވާތަކެތީގެ ތަުލީލު ރިޕޯޓާއި، މޯބައިލް ރެކޯޑަށް ބަލާއިރު، ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ގަބޫލުކުރެވޭ ކަމަށް ބުނެފައިވެއެވެ. އަދި މައްސަލަ 15 ދުވަސްތެރޭގައި ކޯޓަށް ހުށަހެޅޭނެކަމަށް ލަފާކުރެވޭ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް