Advertisement
ކ. މާލެ
|
22 ޑިސެންބަރ 2023 | ހުކުރު 13:45
ގެއްލިގެން ހޯދަމުންދާ މުހައްމަދު ނައީޝް
ގެއްލިގެން ހޯދަމުންދާ މުހައްމަދު ނައީޝް
ފޭސްބުކް
މީހަކު ގެއްލިގެން ހޯދުން
އިހިނަގަން މޫދަށް އެރުނު ޒުވާނާ އަދިވެސް ނުފެނޭ، ހޯދުމުގެ މަސައްކަތް ކުރަނީ
ގެއްލިގެން ހޯދަމުންދަނީ ސ. މަރަދޫ، ކުރެދުމާގޭ 18 އަހަރުގެ މުހައްމަދު ނައީޝް
ގެއްލުނުއިރު ނައީޝް ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއް

އައްޑޫ ސިޓީގައި އިހި ނަގަން މޫދަށް އެރި އުޅުނު ޒުވާނާ ނުފެންނަ ކަމަށާއި، ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުންދަނީ ސ. މަރަދޫ، ކުރެދުމާގޭ، މުހައްމަދު ނައީޝް (18 އަހަރު) ކަމަށެވެ.

އޭނާ ގެއްލިފައިވަނީ އައްޑޫ ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން އެރި އުޅެނިކޮށް ކަމަށާއި މައްސަލަައިގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 10:10 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

Advertisement

ގެއްލުނުއިރު ނައީޝް ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއް ކަމަށް މައުލޫމާތު ލިބުނު އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ނާއިޝް ހޯދުމުގެ މަސަައްކަތުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ދޮށިމޭނާ" އާއި "ހާބަރކްރާފްޓް 105"، ޑައިވަރުންގެ ޓީމަކާއެކު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ނާއިޝްއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި، އެ ހިސާބުގެ ރަށްތަކުން ބަލައި ދިނުމަށް ވަނީ އެދިފައެވެ. އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް