Advertisement
ކ. މާލެ
|
21 ޑިސެންބަރ 2023 | ބުރާސްފަތި 14:11
އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމުގެ އިންޒާރުވަނީ ދީފައި
އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމުގެ އިންޒާރުވަނީ ދީފައި
މެޓް އޮފީސް
މޫސުން
ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ގޯސް، 40 މޭލަށް ވައިގަދަވެދާނެ
ބުރާސްފަތި ދުވަހު ވަނީ ރާއްޖޭގެ އުތުރާ މެދުރާއްޖޭގެ އިތުރުން، ދެކުނުގެ ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައި

ކުރިއަށް އޮތް 40 ގަޑިއިރަށް ރާއްޖޭގެ އެކި ހިސާބުތަކުގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފި އެވެ.

ކުރިއަށް އޮތީ ސްކޫލު ބަންދަށްވެފައި، މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އެދިފައިވާއިރު، ބުރާސްފަތި ދުވަހު ވެސް ވަނީ ރާއްޖޭގެ އުތުރާ މެދުރާއްޖޭގެ އިތުރުން، ދެކުނުގެ ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައެވެ.

އެގޮތުން ހއ. އަތޮޅުން ށ. އަތޮޅަށް ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އިން ހަވީރު 16:00 އަށް ހުދު ސަމާލު ނެރެފައިވާއިރު، ނ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހުދު ސަމާލުނެރެފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އިން ފެށިގެން ހަވީރު 16:00 އަށެވެ.

Advertisement

މޫސުމާ ބެހޭ އިދާރާއިން އާންމުކުރި ފޮޓޯތަކުން ވެސް ފެންނަ ގޮތުން، ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ނޫން އެހެން ހިސާބުތަކުގައި ވިއްސާރަ ވިލާ ވަނީ ގިނަވެފަ އެވެ.

އެހެންކަމުން ކުރިއަށް އޮތް 24 ގަޑިއިރަށް ލަފާކޮށް އެ އިދާރާއިން ބުނީ ރާއްޖޭގެ ބޮޑު ހިސާބަކަށް ވިއްސާރަ ކުރާނެ ކަމަށާއި އެއާއެކު ވައި ވެސް ގަދަވާނެ ކަމަށެވެ. އަދި އުތުރާއި މެދުރާއްޖެ ތެރެއަށް ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް