ކ. މާލެ
|
20 ޑިސެންބަރ 2023 | ބުދަ 21:56
ޕެރޫއިން ބޭރުކުރަން އުޅުނު ކުދި ވެލާތައް
ޕެރޫއިން ބޭރުކުރަން އުޅުނު ކުދި ވެލާތައް
ބީބީސީ
ވަގަށް ކުދިވެލާ ބޭރުކުރަން އުޅުން
ޕެރޫއިން ވަގަށް ބޭރުކުރަން އުޅުނު ހަތަރުހާހެއްހާ ކުދި ވެލާ ހިފަހައްޓައިފި
 
ޕެރޫއިން ކޮންމެ އަހަރަކުވެސް ގިނަ އަދަކަށް ރާމާމަކުނާއި ވެލާ، އަދި އެކިވައްތަރުގެ ގުރާ ވަގަށް ބޭރުކުރަން އުޅޭކަމަށްވޭ

ޕެރޫގެ ވެރިރަށް ލީމާގެ އެއާޕޯޓަކުން ވަގަށް ބޭރުކުރަން އުޅުނު ހަތަރުހާހެއްހާ ކުދި ވެލާ ކަސްޓަމްސް އޮފިޝަލުން ހިފަހައްޓައިފިއެވެ.

އޮފިޝަލުން ބުނެފައިވާގޮތުގައި ވެލާގެ ޝިޕްމަންޓް ބޭރުކުރަން ލިއުން ހައްދާފައިވަނީ ރަގަޅަކަށް ނޫނެވެ. މިގޮތުން އެތަކެތީގެ އުމުރާއި، ވައްތަރު، އަދި އަދަދު ބުނެފައިވަނީ ރަގަޅަށް ނޫންކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

މި ވެލާތައް ހިފެހެއްޓުމަށްފަހު މިހާރުވަނީ ހުއްދަ ލިބިގެން ވެލާ ގެންގުޅުމުގެ މަސައްކަތްކުރާ ތަނަކަށް ގެންގޮސްފައެވެ. އަދި ގެންދާނެ ތަނެއް ކަނޑައަޅަންދެން ވެލާތައް ގެންގުޅޭނީ އެތަނުގައި ކަމަށް ވެއެވެ. 

ޕެރޫގެ ނެޝަނަލް ފޮރެސްޓްރީ އެންޑް ވައިލްޑްލައިފް ސަރވިސްއިން ބުނިގޮތުގައި، އެކްސްޕޯޓް ލައިސަންސެއް ހައްދާފައިވަނީ އެއްއަހަރާ ތިންއަހަރާ ދެމެދުގެ ވެލައަށެވެ. ނަމަވެސް ގެންދަން އުޅުނީ މާ ޅަ އެއްޗެހި ތަކެކެވެ.

ޕެރޫއަކީ ޖަންގަލި ބޯ، ދިރޭތަކެތި ގިނަ ގައުމެކެވެ. އެގައުމުން ކޮންމެ އަހަރަކުވެސް ގިނަ އަދަކަށް ދިރޭ ތަކެތި ވަގަށް ބޭރުކުރަން މަސައްކަތް ކުރާކަމަށްވެއެވެ. މިގޮތުން އެންމެ ގިނައިން އޮޅުވާލައިގެން ބޭރުކުރަން އުޅޭ ތަކެތީގެ ތެރޭގައި، ރާމާމަކުނާއި ވެލާ، އަދި އެކިވައްތަރުގެ ގުރާ ހިމެނެއެވެ.

ވެލާމަހާއި ބިހަކީ ބައެއް ގައުމުތަކުގައި ކެއުމަށް ބޭނުންކުރާ އެއްޗެއްކަމުން، މިބާވަތްތަކަށް މާކެޓުގައި ބޮޑު އަގެއް ލިބޭކަމަށް ވެއެވެ. ނަމަވެސް މިބާވަތުގެ ދިރޭތަކެތި ހިމާޔަތްކުރުމަށް ޓަކައި ހޭލުންތެރިކަން އިތުރުކޮށް، މިހާރަށްވުރެ ބޮޑަށް ސަރުކާރުތަކުން މަސައްކަތް ކުރަންޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް