ކ. މާލެ
|
19 ޑިސެންބަރ 2023 | އަންގާރަ 15:59
ބާސެލޯނާގެ ރައީސް ލަޕޯޓާއާއި ކޯޗު ޒަވީ
ބާސެލޯނާގެ ރައީސް ލަޕޯޓާއާއި ކޯޗު ޒަވީ
ރޮއިޓާސް
ބާސެލޯނާ
ޒަވީއާ ބެހޭގޮތުން ކުރާ ބަހުސް ހުއްޓާލަން ލަޕޯޓާ އެދިއްޖެ
 
މި ސީޒަނުގެ ނިޔަލަށް ޒަވީ ޓީމުގައި ހުންނާނެ: ލަޕޯޓާ

ބާސެލޯނާގެ ކޯޗު ޒަވީ ހަނާންޑޭޒްއާ ބެހޭގޮތުން ކުލަބުގެ ބޯޑު މެމްބަރުންގެ ތެރޭގައި ކުރެވެމުންދާ ބަހުސް ހުއްޓާލުމަށް، ރައީސް ހުއާން ލަޕޯޓާ އެދިއްޖެއެވެ.

އޭނާ މިފަދައިން އެދުނީ ބާސެލޯނާގެ ނަތީޖާތައް ދަށްވެ ސްޕެނިޝް ލީގް ދިފާއު ނުކުރެވޭނެ ކަމަށް ބެލެވިފައިވަނިކޮށެވެ. އެއީ އެއްވަނާގައި އޮތް ރެއާލް މެޑްރިޑަށްވުރެ ހަތް ޕޮއިންޓް ފަހަތުގައި ބާސެލޯނާ އޮތުމުންނެވެ.

ބާސެލޯނާގެ ބައެއް ބޯޑު މެމްބަރުން މިހާރު ބޭނުންވަނީ ކޯޗުކަމުން ޒަވީ ވަކިކުރާށެވެ. އަނެއް ބަޔަކު ވަކި ގޮތެއް ނުނިންމައެވެ. ނަމަވެސް ލަޕޯޓާ ބުނީ ކުރީގެ ކެޕްޓަން އަދި ބާސެލޯނާގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރާމެދު އޭނާއަށް ޔަގީންކަން އެބައޮތް ކަމަށެވެ.

ޔަގީނުންވެސް ސީޒަން ނިމެންދެން ކޯޗު ކުލަބުގަ ހުންނާނެ. އަހަރެންނަށް ޔަގީންކަން އެބައޮތް، ކުލަބުގެ ނަތީޖާތައް ޖެނުއަރީ މަހުން ފެށިގެން ރަނގަޅުވާނެ ކަމަށް. އެހެންވީމަ މިވަގުތަކީ ކޯޗާ ބެހޭގޮތުން ބަހުސް ކުރަންވީ ވަގުތެއްކަމަށް ނުދެކެން.
ލަޕޯޓާ ބުންޏެވެ.

ސްޕޭނުގެ ބައެއް ނޫސްތަކުން ބުނާގޮތުގައި، ބާސެލޯނާއަށް ޒަވީ ވަކިކޮށްގެންވެސް ހޯދޭނެ މޮޅެއްނެތެވެ. ސަބަބަކީ އެކުލަބާ ހަވާލުވާން ބޭނުންވާ މޮޅު ކޯޗަކު މިވަގުތު ފެންނަން ނެތުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް