ކ. މާލެ
|
17 ޑިސެންބަރ 2023 | އާދީއްތަ 18:37
އިންޑިޔާ ސިފައިންތަކެއް
އިންޑިޔާ ސިފައިންތަކެއް
ރާއްޖެއެމްވީ
ރާއްޖެއިން އިންޑިއާ ސިފައިން ބޭލުން
އިންޑިއާ ސިފައިންގެ ސީދާ އަދަދު ސާފު ނުވާ ސަބަބު، ސާފުކޮށް ބުނެއެއް ނުދެވުނު!
 
ސަރުކާރުން އެންމެ ފުރަތަމަ ބުނީ ރާއްޖޭގައި ތިބީ 77 ސިފައިން ކަމަށް
 
އިންޑިއާ ސިފައިންގެ އަދަދުގެ ގޮތުގައި މިހާތަނަށް ފާހަގަކުރެވެނީ 86
 
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ސަރުކާރުގެ ވައުދެއް ކަމަށް ވާއިރު އެކަން ނުކުރެވި ލަސްވުމުން އާއްމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ

ރާއްޖޭގައި ޤާއިމްވެ ތިބި އިންޑިއާ ސިފައިންގެ ސީދާ އަދަދު ސާފު ނުވާ ސަބަބު، ސާފުކޮށް ބުނެއެއް ނުދެވުނެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން މުހައްމަދު ޝަހީބް ވިދާޅުވީ އެ އަަދަދު ސާފުކުރުމަށް އުނދަނގޫތަކެއް ހުރި ކަަމަށެވެ. އެއްބަސްވުންތަކުގައި ތަފާތުކޮށް އެ ވާހަކަތައް ހުރުމާއި އެކު އިންޑިއާ ސަރުކާރާއި ގުޅިގެން އެކަންކަން ސާފުކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެ މަސައްކަތް އެހާ އުނދަގޫވާ ސަބަބާއި މެދު ސުވާލުކުރުމުން ސާފު ޖަވާބެއް ދެއްވާފައެއް ނުވެއެވެ. އަދިހަމައެއާއި އެކު ކުރިން އިންތިޤާލީ މަރުހަލާގެ ތެރޭގައި ވެސް އިންޑިއާ ސިފައިންގެ އަދަދުތައް ސަރުކާރުގެ ކޮމިޓީތަކަށް ވާނީ ފެނިފައެވެ. އެހެންކަމުން ސަރުކާރަށް އަދަދުތައް ސާފު ނުވާނަމަ ފުރަތަމަ އަދަދުތަކެއް ހާމަކުރި ސަބަބާއި މެދު ވެސް ތަރުޖަމާނަށް ރަނގަޅު ޖަވާބެއް ނުދެއްވެއެވެ.

މީގެ އިތުރުން އިންޑިއާ ސިފައިންގެ ހެލިކޮޕްޓަރު އޮޕަރޭޝަންތަކާއި ޑޯނިއާ މަތިންދާބޯޓުގެ އޮޕަރޭޝަންތައް ހުއްޓާލުމަށް މިހާތަނަށް ސަރުކާރުން އަންގާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އިންޑިއާ ސިފައިންގެ އަދަދު މިހާރު 89އާ ހަމައަށް އަރާ ކަމަށާއި އެ އަދަދު އެއަށްވުރެ ވެސް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް ސަރުކާރުން އެންމެ ފުރަތަމަ އިއުލާނުކުރީ ރާއްޖޭގައި ތިބީ 77 ސިފައިން ކަމަށެވެ. ސެނަހިޔާގައި ތިބި މެޑިކަލް ޑޮކްޓަރުންގެ އަދަދު ފަހުން އިންޑިއާ ސިފައިންގެ ޖުމްލަ އަދަދުގެ ތެރޭގައި ވަނީ ހިމަނާފައެވެ.

އެހެންކަމުން އިންޑިއާ ސިފައިން ފޮނުވާލާނީ އެ ޑޮކްޓަރުންނާއި އެކުގައިތޯ ސުވާލުކުރުމުން އެކަން ސާފުކުރުމަށް ފަހު ޖަވާބުދެއްވާނެ ކަމަށް ތަރުޖަމާން ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ސަރުކާރުގެ ވައުދެއް ކަމަށް ވާއިރު އެކަން ނުކުރެވި ލަސްވުމުން އާއްމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް