ކ. މާލެ
|
28 ޖުލައި 2017 | ހުކުރު 11:43
 ކުރީގެ ވަލީއަހުދު ނާއިފް ހުންނެވީ ބަންދުގައި ކަމަށް ބުނާ ރިޕޯޓް ސައުދީއިން ދޮގުކުރޭ
ކުރީގެ ވަލީއަހުދު ނާއިފް ހުންނެވީ ބަންދުގައި ކަމަށް ބުނާ ރިޕޯޓް ސައުދީއިން ދޮގުކުރޭ
ގޫގުލް
ސައުދީގެ ޝާޙީ އާއިލާ
ކުރީގެ ވަލީއަހުދު ނާއިފް ހުންނެވީ ގޭ ބަންދުގައިތޯ ބަލައިދިނުމަށް ހިއުމަން ރައިޓްސް ވޮޗްއިން ގޮވާލައިފި
އެޗްއާރޑަބްލިއު އިންވަނީ ނާއިފް އެއްތަނުން އަނެއްތަނަށް ވަޑައިގަތުން މަނާކުރެވިފައިވާކަން ވަގުތުން ސާފުކޮށްދިނުމަށް ސައުދީއަށް ގޮވާލާފަ
ނާއިފް ހުންނެވީ ބަންދުގައި ކަމަށް ބުނާ ރިޕޯޓް ސައުދީއިން ދޮގުކުރޭ
މިކަން ސާފްކުރުމަށް ހިއުމަން ރައިޓްސް ވޮޗުންވަނީ ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރަށް ސިޓީ ފޮނުވާފަ

މިދިޔަ މަހު މަގާމުން ދުރުކުރެވުނު ސައުދީގެ ކުރީގެ ވަލީއަހުދު އެ ދުވަހުން ފެށިގެން ހުންނެވީ ގޭ ބަންދުގައިތޯ ސާފުކޮށްދިނުމަށް ހިއުމަން ރައިޓްސް ވޮޗްއިން ސައުދީ އަރަބިއްޔާއަށް ގޮވާލައިފިއެވެ.

 

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލް އަގްވާމީ ޖަމާއަތުންވަނީ މުހައްމަދު ބިން ނާއިފް އެއްތަނުން އަނެއްތަނަށް ވަޑައިގަތުން މަނާކުރެވިފައިވާކަން ވަގުތުން ސާފުކޮށްދިނުމަށް ސައުދީއަށް ގޮވާލާފައެވެ.

 

ހިއުމަން ރައިޓްސް ވޮޗުން މި ކަމަށް ޑިމާންޑްކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރ އާދިލް އަލް ޖުބެއިރް އަށް ފޮނުއްވާފައިވާ ސިޓީއެއްގައެވެ.

 

ޖޫންމަހު ނިއުޔޯކް ޓައިމްސްގައި ޝާއިއުކޮށްފައިވާ ރިޕޯޓަކާ ހަވާލާދީ ހިއުމަން ރައިޓްސް ވޮޗުން ބުނީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް، އެ މަނިކުފާނުގެ ދަރިކަލުން މުހައްމަދު ބިން ސަލްމާން ވަލީއަހުދު ކަމަށް އައްޔަން ކުރެއްވުމާއެކު ނާއިފް ހުންނެވީ ބަންދުގައި ކަމަށާއި ގައުމުން ބޭރަށް ވަޑައިގަަތުން މަނާކުރެވިފައިކަމަށެވެ.

 

ސައުދީ އަރަބިއްޔާއިން ކުރިންވަނީ މި ރިޕޯޓް ދޮގުކޮށްފައެވެ.

 

ހިއުމަން ރައިޓްސް ވޮޗްގެ މެދުއިރުމަތީގެ ޑިރެކްޓަރ ސާރާ ލިއާ ވިޓްސަން ވިދާޅުވީ ސަރުކާރުގެ އޮފިޝަލުން އުސޫލުތަކާ ޚިލާފަށް ބާރުުގެ ބޭނުން ނަހަމަގޮތުގައި ހިފަމުން ދިއުން ސަރުކާރުން ހުއްޓުވަން ޖެހޭކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް