ލީގުގައި ފޯމް ދަށްވެފައިވާ ޗެމްޕިއަން މެންޗެސްޓަރ ސިޓީއަށް, ކްރިސްޓަލް ޕެލަސް އަތުންވެސް މޮޅުނުވެވި އަނެއްކާވެސް މުހިއްމު ދެ ޕޮއިންޓް ގެއްލިއްޖެއެވެ.
އަމިއްލަ ދަނޑުގައި މޮޅުވާން ދަނިކޮށް, ކްރިސްޓަލް ޕެލަސްއިން ސިޓީ ހުއްޓުވީ މެޗުގެ އިތުރު ވަގުތުގެވެސް ފަސްވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހާ ސިޓީން ލީޑެއް ހޯދި ނަމަވެސް, އެ ލީޑް ސިޓީއަށް ނުހިފެހެއްޓުނެވެ. 24 ވަނަ މިނެޓުގައި ގްރީލިޝް ސިޓީއަށް ލީޑް ހޯދައިދިނެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު ރިކޯ ލެވިސް ލަނޑު ޖަހާ ސިޓީއަށް އިތުބާރު ހޯދައިދިނެވެ. އެކަމަކު 76 ވަނަ މިނެޓުގައި މަޓޭޓާ ލަނޑު ޖަހާ ކްރިސްޓަލް ޕެލަސްއިން ޕްރެޝަރ ކުރިއެވެ. ނަތީޖާ ހަމަހަމަވީ އިތުރުވަގުތުގައި އޮލައިސް ޖެހި ޕެނަލްޓީންނެވެ. އެއީ މަޓޭޓާ އަށް ފޮޑެން ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
ސިޓީ އަތުން ޕޮއިންޓެއް ހޯދި ކްރިސްޓަލް ޕެލަސް އަކީ އެންމެ ފަހުން ކުޅުނު 10 މެދުގެ ތެރެއިން އެންމެ މެޗަކުން މޮޅުވި ޓީމެކެވެ. މެޗުން މޮޅުނުވެވުމުން ޗެމްޕިއަންކަން ދިފާއުކުރަން ކުރާ މަސައްކަތުގައި ސިޓިއަށް ވަރަށްބޮޑު ޗެލެންޖެއް ކުރިމަތިވީއެވެ. ހަތަރު ވަނައިގައި އޮތް ސިޓީގެ މައްޗަށް ހަ ޕޮއިންޓްގެ ލީޑެއް ނެގުމުގެ ފުރުޞަތު އެއްވަނާގައި ލިވަޕޫލަށް މިހާރު އެބައޮތެވެ.