Advertisement
ކ. މާލެ
|
17 ޑިސެންބަރ 2023 | އާދީއްތަ 07:07
ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމ
ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމ
ހުރަވީ ދުވަސް
"ދިވެހި ދައުލަތް އީސާގެފާނުގެ މީލާދަށްވުރެ ދޮށި"
ހުރަވީ ދުވަހުގެ ހާދިސާ އާއި އެދުވަހުން ލިބޭ އިބްރަތާމެދު ވެސް ވަޒީރު ވާހަކަފުޅުދެއްކެވި
ރާއްޖެ އަށް 4000 އެއްހާ އަހަރެއް ވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި
ދިވެހިންނަކީ އަމިއްލަ ފައިމަށްޗައް ތެދުވެތިބި ބައެއް ކަަމަށް ވަޒީރު ވިދާޅުވި

ދިވެހި ދައުލަތް އީސާގެފާނުގެ މީލާދަށްވުރެ ދޮށި ކަމަށް ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދަައްކަވަމުންނެވެ.

އެމަނިކުފާނު ވަނީ ރާއްޖޭގެ ތާރީޚާ ގުޅޭ ބައެއް މައުލޫމާތުތައް ހިއްސާކުރައްވާފައެވެ. އެގޮތުން ދިވެހި ދައުލަތް އީސާގެފާނުގެ މީލާދަށްވުރެ ދޮށި ކަމަށާއި އީސާގެފާނުގެ މީލާދަށް 2000 އެއްހާ އަހަރު ވެގެން ގޮސްފައިވާކަމަށް ވިދާޅުވިއެވެ. ނަމަވެސް އަޅުގަނޑުމެންގެ ދިވެހި ދައުލަތަށް ބަލާއިރު ފަހުގެ ހޯދުންތަކުން އެނގެން އޮތް ގޮތުން ރާއްޖެ އަށް 4000 އެއްހާ އަހަރެއް ވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

މިނިސްޓަރު އާދަމް ނަސީރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ތާރީހުގެ ދިގު މުއްދަތުގައި ދިވެހިން ތިބީ މިނިވަންކަމާއި އަމިއްލަ އިސްތިގްލާލް ޤަބޫލުކޮށްގެން ކަަމަށެވެ. އަދި ދިވެހިންނަކީ އަމިއްލަ ފައިމަށްޗައް ތެދުވެތިބި ބައެއް ކަަމަށެވެ. މިނިސްޓަރު ވިދާޅުވީ މި ސަރަހައްދުގައި އޮތް އެންމެ ދުވަސްވީ ދައުލަތަކީ ވެސް ރާއްޖެ ކަމަށެވެ. އެގޮތުން ދުނިޔޭގެ ތާރީހުގެ ދައުލަތްތަކުގެ ވެރިކަން ކުރި ރަށްތަކަށް ބަލާއިރު މެދުނުކެނޑި އެންމެ ގިނަ ދުވަހު ވެރިކަންކުރި ރަށްރަށުގެ ލިސްޓުގައި މާލެ ހިމެނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހުރަވީ ދުވަހުގެ ހާދިސާ އާއި އެ ދުވަހުން ލިބޭ އިބްރަތާމެދު ވެސް މިނިސްޓަރު ވާހަކަފުޅުދެއްކެވިއެވެ. ހުރަވީ ދުވަހަކީ ރާއްޖޭގެ ތާރީހުގައި ކުރި މަތިވެރި ޖިހާދަކުން ދިވެހިންނަށް ނަސްރު ލިބުނު ދުވަހެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ދުވަހު ވެސް ދިވެހިންގެ ދިފާއުގައި ދިވެހިން މަސައްކަތް ކުރި ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް