ކ. މާލެ
|
17 ޑިސެންބަރ 2023 | އާދީއްތަ 06:50
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރާއްޖެ - އިންޑިއާ
"ދިވެހި ކަނޑުތައް ދިވެހިންލައްވާ ކުރަހަނީ، ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް"
އެކަމަށްޓަކައި ހޭދަވާނެ ކަމަށް އަންދާޒާކުރެވޭ ޚަރަދާއި ހޭދަވާނެ މުއްދަތު ފަދަ މުހިންމު މައުލޫމާތުތައް އެމަނިކުފާނު ހިއްސާކުރައްވާފައެއް ނުވޭ
ހައިޑްރޯގްރެފިކް އެއްބަސްވުމުގެ މުއްދަތު ހަމަވުމާއި ގުޅިގެން އެ އެއްބަސްވުން އައު ނުކުރަން ސަރުކާރުން ނިންމާފައިވޭ
ދިވެހިންގެ ކަނޑުތައް ކުރަހަންވާނީ ދިވެހިން ކަމަށް ރައީސް ވިދާޅުވި

ދިވެހި ކަނޑުތައް ކުރެހުމުގެ ޤާބިލްކަން އަށަގެންނެވުމުއި އެކަމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުރަވީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އިންޑިޔާއާއެކު ވެފައިވާ ހައިޑްރޯގްރެފިކް އެއްބަސްވުމުގެ މުއްދަތު ހަމަވުމާއި ގުޅިގެން އެ އެއްބަސްވުން އަލުން ކުރިޔަށް ނުގެންދަން ނިންމެވިކަން ފާހަގަކުރައްވާފައެވެ. އެއީ ސަރުކާރުން މީގެ ކުރިން އިޢުލާންކުރައްވާފައި ވެސް ވާކަމެކެވެ. ރައީސް ވިދާޅުވީ އެ އެއްބަސްވުން އައު ނުކުރާނެކަން އިންޑިޔާ ސަރުކާރަށް އަންގަވާފައިވާ ކަމަށެވެ. އަދި ދިވެހި ކަނޑުތައް ކުރަހާނީ ދިވެހީން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން އެކަމުގެ ޤާބިލުކަން ދިވެހި ސިފައިންގައި އަށަގެންނެވުމުގެ މަސައްކަތް މިހާރު މި ސަރުކާރުން ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެ ކަމަށް ބޭނުންވާ މީހުން ބިނާކުރުމާއި ޒަމާނީ ވަސީލަތްތައް ހޯދުމުގެ މަސައްކަތް، މިހާރުން ފެށިގެން ކުރިއަށްދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެކަމަށްޓަކައި ހޭދަވާނެ ކަމަށް އަންދާޒާކުރެވޭ ޚަރަދާއި އެކަމަށް ހޭދަވާނެ މުއްދަތު ފަދަ މުހިންމު މައުލޫމާތުތައް އެމަނިކުފާނު ހިއްސާކުރައްވާފައެއް ނުވެއެވެ.

ރާއްޖޭގެ ކަނޑުއަޑީގެ ބަތާނަ އެހެން ދައުލަތަކުން ހޯދައި ކުރެހުމަކީ ދިވެހީންނަށް މަޞްލަޙަތު ހުރި ކަމެއް ނޫން. ދިވެހި ކަނޑުތަކުގެ މުއްސަނދިކަން ދެނެގަތުމަކީ ދިވެހީންގެ ޙައްޤެއް. ދިވެހީންގެ ޤައުމީ ވާޖިބެއް.
ރައީސް ޑރ.މުއިއްޒު

ރައީސް ވަނީ އެމަނިކުފާނުގެ ބައެއް ވައުދުފުޅުތައް ފުއްދިފައިވާ މިންވަރުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. އެގޮތުން އިންޑިޔާ ސިފައިން ރާއްޖެއިން އަނބުރާ ގެންދިޔުމަށް، ވެރިކަމުގެ ފުރަތަމަ ދުވަހު ދިވެހި ސަރުކާރުން އެ ދައުލަތަށް އަންގަވާފައިވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެކަމާ ބެހޭ އިންތިޒާމުތަކާ ބެހޭގޮތުން މަތީފެންވަރުގައި ދެ ދައުލަތުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ.

- ކޮމެންޓް