ކ. މާލެ
|
16 ޑިސެންބަރ 2023 | ހޮނިހިރު 10:58
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް
ރޮއިޓާސް
ބާސެލޯނާ
އިސްތިއުފާ ދިނުމަށް ޒަވީ ނުވިސްނާ!
 
އޭނާ ބުނީ ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ އަދި ސްޕޯޓިން ޑައިރެކްޓަރު ޑެކޯއާ އޮންނަ ގުޅުން ވެސް ވަރަށް ރަނގަޅު ކަމަށް

ސްޕެއިންގެ ބާސެލޯނާގެ ކޯޗުކަމުން އިސްތިއުފާ ދިނުމަށް، އެއްވެސް ވަރަކަށް ނުވިސްނާ ކަމަށް ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

މިފަހުން ބާސެލޯނާގެ ކުޅުން ދަށްވުމުގެ ސަބަބުން ޒަވީ އަށް ވަނީ ފާޑު ކިޔުންތައް އަމާޒުވެފަ އެވެ. ސްޕެއިންގެ ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ކުލަބުގެ އިސްވެރިންގެ ޕްރެޝަރު ވެސް ޒަވީ އަށް ވަނީ ބޮޑުވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޒަވީ ބުނީ، އިސްތިއުފާ ދިނުމަށް ނުވިސްނާ ކަމަށާއި، އޭނާ އަށް އޮތް އޮޕްޝަނެއް ނޫން ކަމަށެވެ. އޭނާ ބުނީ ބާސެލޯނާގައި މިއަދާ ހަމައަށް ހުރީ ވެސް ވަރަށް ހިތްހަމަ ޖެހިގެން އުފަލުން ކަމަށާއި، ކާމިޔާބު ސީޒަނެެއް ނިންމާލެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ. އަނެއްކޮޅުން، ބާސެލޯނާގެ ކުޅުންތެރިންނަށް ފުރިހަމަ އަށް އިތުބާރު ކުރާ ކަމަށާއި، ހަވާލުވެފައިވާ މަސައްކަތް ކާމިޔާބު ވާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އިތުރަށް އޭނާ ބުނީ ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ އަދި ސްޕޯޓިން ޑައިރެކްޓަރު ޑެކޯއާ އޮންނަ ގުޅުން ވެސް ވަރަށް ރަނގަޅު ކަމަށެވެ.

އުމުރުން 43 އަހަރުގެ ޒަވީ ބާސެލޯނާގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. އެއީ ކުރިން އެ މަގާމުގައި ހުރި ނެދަލެންޑްސްގެ ރޮނާާލްޑް ކޫމަން މަގާމުން ވަކި ކުރަން ނިންމުމާއެކު އެވެ. ބާސެލޯނާ އާއެކު ޒަވީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2024 ވަނަ އަހަރު އެވެ. ނަމަވެސް، މިއަހަރު ބާސެލޯނާ އިން ވަނީ އޭނާގެ އެއްބަސްވުން އިތުރު އެއް އަހަރަށް އައު ކޮށްފަ އެވެ. އެހެންކަމުން، ބާސެލޯނާ އާއެކު މިހާރު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް