Advertisement
ކ. މާލެ
|
14 ޑިސެންބަރ 2023 | ބުރާސްފަތި 16:19
ލޭގެ ޓެސްޓު ހެދުމުގެ މަސައްކަތް ކުރަނީ
ލޭގެ ޓެސްޓު ހެދުމުގެ މަސައްކަތް ކުރަނީ
ތައިލެންޑް މެޑިކަލް ނިއުސް
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުން
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިތުރު ކުއްޖަކު ފުރައިފި
ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އިތުރު 4 ކުއްޖަކު ފޮނުވުމުގެ މަސައްކަތް ކުރާނެ
ތެލަސީމިއާ ބަލީގައި 650 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ދަނީ ފަރުވާ ހޯދަމުން
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ކުރީ ސަރުކާރުގައިވެސް ކުދިންތަކެއް ރާއްޖެއިން ބޭރަށް ފޮނުވާފައިވޭ

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިތުރު ކުއްޖަކު ފުރާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ ތެލެސީމިއާ ކުދިންނަށް ފަރުވާދިނުމާއި އަދި ތެލެސީމިއާ ކޮންޓްރޯލްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ބުރާސްފަތި ދުވަހު އެއް ކުއްޖަކު ބޯންބެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާއިރު، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އިތުރު 4 ކުއްޖަކު ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ތެލަސީމިއާ  ބައްޔަށް އޮތް ދާއިމީ ހައްލަކީ ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ހެދުން ކަމަށްވާއިރު، މި ފަރުވާ ހޯދުމުގައި ދިގު މުއްދަތަކަށް ޚާއްސަ ސަމާލުކަމެއްދީގެން ކުއްޖާ ބަލަހައްޓަންޖެހެއެވެ.

އެގޮތުން ހޮސްޕިޓަލުންދޭ އިރުޝާދުތަކަށް އެއްބާރުލުންދީ ބޯންމެރޯ ޓްރާންޕްލާންޓްކޮށް، ރާއްޖެ އައުމަށްފަހުވެސް ގަވާއިދުން ހަދަންޖެހޭ ޓެސްޓްތައް ހެދުމަށާއި، ޑޮކްޓަރަށް ދެއްކުމަށް މޯލްޑިވިއަން ބްލަޑް ސަރވިސް (އެމް.ބީ.އެސް)އިން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

ބޯންމެރޯ ޓްރާސްޕްލާންޓް ހެދުމުގެ އިތުރުން ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާއާއި ބޭސް، ވީހާވެސް ލުއި ފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެއް އަމާޒެވެ. އެގޮތުން  ތެލެސީމިއާ ކުދިންނަށް ފަރުވާދިނުމަށް ޚާއްސަކޮށް ހޮސްޕިޓަލެއް ގާއިމުކުރުމަށްޓަކައި، އެ ހޮސްޕިޓަލުގެ ޑިޒައިނާއި އެހެނިހެން އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އަދި ތެލިސީމިއާ ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށް އާސަންދައިގެ ދަށުން އެސްޓީއޯއިން ހިލޭ ބޭސް ލިބޭނެ އިންތިޒާމުވެސް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ. މި އިންތިޒާމުގެ ދަށުން، މާލެއާއި އަތޮޅުތެރެއިން ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ބޭހާއި އެހެނިހެން ކޮންސިއުމަބަލްތައް ލިބިގެންދާނެއެވެ.

ތެލަސީމިއާ ބަލީގައި 650 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ކުރީ ސަރުކާރުގައިވެސް ކުދިންތަކެއް ސަރުކާރުގެ ޚަރަދުގައި ރާއްޖެއިން ބޭރަށް ފޮނުވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް