ކ. މާލެ
|
11 ޑިސެންބަރ 2023 | ހޯމަ 17:24
މައިކްރޯސޮފްޓް މޮޑަން ވޯރކްޕްލޭސް ސޮލިއުޝަންތައް، މައިކްރޮސޮފްޓާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ތައާރަފްކުރުން
މައިކްރޯސޮފްޓް މޮޑަން ވޯރކްޕްލޭސް ސޮލިއުޝަންތައް، މައިކްރޮސޮފްޓާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ތައާރަފްކުރުން
އުރީދޫ
އުރީދޫ މޯލްޑިވްސް
އުރީދޫއާއި މައިކްރޯސޮފްޓް ގުޅިގެން "މައިކްރޯސޮފްޓް މޮޑަން ވޯރކްޕްލޭސް" ތައާރަފްކޮށްފި
 
މިއީ ވިޔަފާރިތަކަށް ޚާއްސަކޮށް، މައިކްރޯސޮފްޓް 365ގެ އެކި އުފެއްދުންތައް އެއް ޕްލެޓްފޯމަކުން ލިބޭނެ ޕްލެޓްފޯމެއް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ވިޔަފާރިތަކަށް މައިކްރޯސޮފްޓް "މޮޑަން ވޯރކްޕްލޭސް ސޮލިއުޝަން" ދުނިޔޭގެ މަޝްހޫރު ބްރޭންޑް، މައިކްރޯސޮފްޓާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ތައާރަފްކޮށްފިއެވެ.

އުރީދޫއިން ރާއްޖޭގައި ފޯރުކޮށްދޭނެ މައިކްރޯސޮފްޓް މޮޑަން ވޯރކްޕްލޭސް ސޮލިއުޝަންއަކީ ޚަރަދުކުޑަކޮށް، ވިޔަފާރިތައް ހިންގުމަށް ކުރަންޖެހޭ މުއާމަލާތްތަކާއި މަސައްކަތްތައް ސްޓްރީމްލައިން ކުރެވޭ، އެންޓަރޕްރައިޒް ގްރޭޑްގެ ޕްލެޓްފޯމަކެވެ.

މި ޕްލެޓްފޯމަކީ ވިޔަފާރިތަކަށް ޚާއްސަކޮށް މައިކްރޯސޮފްޓް 365ގެ އެކި އުފެއްދުންތައް އެއް ޕްލެޓްފޯމަކުން ލިބޭނެ ޕްލެޓްފޯމެކެވެ.

އެގޮތުން ރާއްޖެއަށް މި ޚިދުމަތް ތައާރަފްކުރުމަށްފަހު އުރީދޫ މޯލްޑިވްސްގެ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލްހަމާދީ ވިދާޅުވީ، މައިކްރޯސޮފްޓާއެކު ވެފައިވާ ޕާޓްނަރޝިޕް އެއްބަސްވުމަކީ ދެމެހެއްޓެނިވި ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް އުރީދޫއިން ކުރާ މަސައްކަތަށް އިތުރު ބާރެއް ލިބޭ އެއްބަސްވުމެއް ކަމަށެވެ.

އަދި އުރީދޫއިން ތައާރަފްކޮށް ފޯރުކޮށްދޭ މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ސޮލިއުޝަންތަކުގެ ސަބަބުން ވިޔަފާރިތަކުގެ ހިންގުން އިތުރަށް ހަރުދަނާވެ، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުމަށް މަގުފަހިވާނެ ކަމަށް ޚާލިދު ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލްހަމާދީ - އުރީދޫ

މި ޚިދުމަތްތަކުގެ ސަބަބުން ގިނަ ފައިދާ އަދި ފަސޭހަތަކެއް ވިޔަފާރިތަކަށް ލިބޭނެއެވެ. އެގޮތުން ޒަމާނީ ފެންވަރުގެ ސެކިއުރިޓީ ފީޗަރތަކާއި، 24 ގަޑިއިރުގެ ސަޕޯޓް ދިވެހި ބަހުން ލިބުމުގެ އިތުރުން، ވިޔަފާރިތަކަށް ފަސޭހަކަމާއެކު ގިނަ ޑިވައިސްތަކަކުން މުވާސަލާތީ ކަންކަން ބެލެހެއްޓުމުގެ ފުރުސަތު ފަހިކޮށްދީ، މަސައްކަތްކުރާ ފަރާތްތައް ދުރުގައި ތިބިނަމަވެސް ފަސޭހަކަމާއެކު ވަގުތުން ގުޅިގެން މަސައްކަތް ކުރެވޭނެއެވެ.

އަދި ކްލައުޑްގެ މެދުވެރިކޮށް ހުރިހާ އެޕްލިކޭޝަނެއްގެ އެންމެ ފަހުގެ އަޕްޑޭޓްތައްވެސް ވިޔަފާރިތަކަށް ލިބޭނެއެވެ.

އުރީދޫ މޯލްޑިވްސްއާ އެއްކޮށް މައިކްރޯފްސްޓުން ހެދި އެއްބަސްވުމާއެކު، ލައިސަންސް ކޮމްޕްލަޔަންސް މައްސަލަތަކާއި އިންސްޓޯލްމަންޓާމެދު ކަންބޮޑުވުމެއް ނެތި މައިކްރޯސޮފްޓް މޮޑަން ވޯރކްޕްލޭސްގެ ފައިދާތައް ލިބޭނެއެވެ.

އަދި މައިކްރޯސޮފްޓުގެ މެއިން ޕާޓްނަރެއްގެ ހައިސިއްޔަތުން އުރީދޫ މެދުވެރިކޮށް، މައިކްރޯސޮފްޓް މޮޑަން ވޯރކްޕްލޭސްގެ ޚިދުމަތްތައް ހޯދުމަށް ޚިޔާރުކުރާ ވިޔަފާރިތަކަށް ޚާއްސަކޮށް ކޮންމެ މަހަކު އަގުހެޔޮ ފީއެއް ނެގޭއިރު، ދިވެހި ރުފިޔާއިން ފައިސާ ލޯކަލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށްވެސް ވިޔަފާރިތަކަށް ފަސޭހަކަމާއެކު ފައިސާދެއްކުން ފަދަ ފައިދާތައް ލިބޭނެއެވެ.

މީގެ އިތުރުން، ރާއްޖޭގެ ވިޔަފާރިތަކަށް ޚަރަދު ކުޑަ ހައްލެއް ލިބިގެންދާއިރު، ޑިޖިޓަލް ޓްރާންސްފޯމޭޝަން ފަސޭހަކޮށްދީ، ވިޔަފާރިތައް ކުރިއެރުމަށް ވެސް މަގުފަހިކޮށްދޭނެއެވެ. މި ޚިދުމަތަށް އެދިވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން[email protected]އަށް އީމެއިލް ކުރުމުން އެ ޚިދުމަތުގެ މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް