Advertisement
ކ. މާލެ
|
27 ޖުލައި 2017 | ބުރާސްފަތި 18:41
ފުލުހުން ނޫސްވެރިން ހައްޔަރުކޮށްގެން ގެންދަނީ
ފުލުހުން ނޫސްވެރިން ހައްޔަރުކޮށްގެން ގެންދަނީ
އަޒުމޫން އަހުމަދު
ނޫސްވެރިން ހައްޔަރުކުރުން
ނޫސްވެރިންގެ ހައްގުތަކަށް އިހުތިރާމްކުރަން ފުލުހުންނަށް އަމުރުކުރުމަށް އައިއެފްޖޭއިން ސަރުކާރަށް ގޮވާލައިފި
ނޫސްވެރިންނަށް އިޚްތިރާމް ކުރުމަށް ފުލުހުންނަށް އަމުރުކުރޭ
ހައްޔަރުކުރި ނޫސްވެރިންނަށް ފުލުހުންވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފައި
ނޫސްވެރިންނަށް އަނިޔާކުރި ފުލުހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާ

ނޫސްވެރިންގެ ހައްގުތަކަށް އިހުތިރާމްކުރަން ފުލުހުންގެ މައްޗަށް އަމުރުކުރުމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް(އައިއެފްޖޭ) އިން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.

އައިއެފްޖޭއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނޫސްވެރިންގެ ޒިންމާ އަދާކުރުމުގައި ހަރަކާތްތެރިވަނިކޮށް ނޫސްވެރިން ހައްޔަރުކޮށް އަނިޔާކޮށްފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. ފުލުހުންގެ މި އަމަލުތަކުން ސާފުކޮށް ހާމަވެގެންދަނީ ނޫސްވެރިންގެ ހައްގަށް ފުލުހުން އަރައިގަނެފައިވާކަން ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

އައިއެފްޖޭއިން ބުނީ ފުލުހުންގެ އެ އަމަލަކީ، އާންމު ރައްޔިތުންނާއި ހަަމައަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން އިންތިޒާމް ކުރި އެއްވުމުގެ ހަރަކާތްތައް ލައިވްކޮށް ގެނެސްދިނުމަށްޓަކައި ނޫސްވެރިން ކުރި މަސައްކަތް ޤަސްތުގައި ހުއްޓުވާލުމުގެ ގޮތުން ހިންގި އަަމަލެއް ކަމަށެވެ.

ނޫސްވެރިންގެ ހައްގުތަކަށް އިހުތިރާމް ކުރުމަށް ފުލުހުންނަށް އަމުރުކުރުމަށް ގޮވާލުމުގެ އިތުރުން އައިއެފްޖޭއިން ވަނީ ނޫސްވެރިންނަށް އަނިޔާކުރި ފުލުހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް ދިވެހި ސަރުކާރަށް ގޮވާލާފަ އެވެ.

ބުދަ ދުވަހުގެ ރޭ ގުޅިފައިވާ ޕާޓީތަކުން ބޭއްވި އެއްވުން ކަވަރުކުރުމުގެ މަސައްކަތުގައި، ބްރޯޑްކާސްޓިންގ ކޮމިޝަނުން ދޫކޮށްފައިވާ ފާސް އަޅައިގެން ތިބި ހަތް ނޫސްވެރިޔަކު ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް ފަހުން ވަނީ ހުރިހާ ނޫސްވެރިން ދޫކޮށްލާފައެވެ. ހައްޔަރުކުރި ނޫސްވެރިން ދޫކޮށްލި ނަމަވެސް "ސަންގު ޓީވީ"ގެ ނޫސްވެރިއަކަށް ޖިނާއީ ކުށެއްގެ ތުހުމަތުކޮށް ފުލުހުން ވަނީ ޗިޓް ހަވާލުކޮށްފައެވެ. އަދި ހައްޔަރުކުރި ބައެއް ނޫސްވެރިންނަށް ފުލުހުންވަނީ ވަރަށް ބޮޑަށް އަނިޔާކޮށް، އެކި މީޑިއާ ސްޓޭޝަންތަކުގެ އިކުއިޕްމަންޓް ތަކަށްވެސް ގެއްލުންދީފައެވެ.

ރާއްޖެ ޓީވީން ވަނީ ފުލުހުންގެ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. ރާއްޖެޓީވީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެޓީވީގެ ނޫސްވެރިންނާއި އެހެން ސްޓޭޝަންތަކުގެ ނޫސްވެރިން ހައްޔަރުކޮށް، ރާއްޖެޓީވީގެ ކެމެރާ އާއި ލައިވް އިކިއުޕްމެންޓަށް ފުލުހުން ގެއްލުން ދިނުމުން އެކަން އިންތިހާއަށް ކުށްވެރިކުރާ ކަމަށެވެ.

ރާއްޖެ ޓީވީން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖެޓީވީގެ ނޫސްވެރިން ހައްޔަރުކުރިޔަސް، ތަކެއްޗަށް ގެއްލުން ދިނަސް، ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަން ބޭނުންކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށާއި އަދި ނުވެސް ޖެއްސޭނެ ކަމަށެވެ. މީގެ އިތުރުންގާނޫނާ ޚިލާފަށް އަމަލުކުރި ފުލުހުންނާއި، ނޫސްވެރިންނަށް އަނިޔާކުރި ފުލުހުންނާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި  ފުލުހުންގެ ވާޖިބެކޭ އެއްގޮތަށް ނޫސްވެރިންގެ ވާޖިބު އަދާކުރުމަކީ ވެސް ގާނޫނުން ލިބިފައިވާ ހައްގެއް ކަމާއި ގާނޫނީ ޒިންމާއެއް ކަމަށް ގަބޫލުކުރާ ފުލުހުންތަކެއް ހިދުމަތަށް ނެރުމަށް ގޮވާލާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް
27 ޖުލައި 2017 | ބުރާސްފަތި 21:46
ބޮޑުބުރާސްފަތި
ލޮރީބުރުޖަހަން ގެންދަނީތަ