ކ. މާލެ
|
11 ޑިސެންބަރ 2023 | ހޯމަ 07:47
ޔޮނެކްސް މުބާރާތުގައި ވާދަކުރި ރާއްޖޭގެ ލައިބާ އަދި ލައިބާގެ ޕެއާ ޕާޓްނަރު އޮލީވިއާ
ޔޮނެކްސް މުބާރާތުގައި ވާދަކުރި ރާއްޖޭގެ ލައިބާ އަދި ލައިބާގެ ޕެއާ ޕާޓްނަރު އޮލީވިއާ
ޓްވީޓަރ
ޔޮނެކްސް އިންޓަނޭޝަނަލް ޔޫތު މުބާރާތް
ޔޮނެކްސް މުބާރާތުން ރާއްޖޭގެ ލައިބާ އަށް ރިހި މެޑަލް
މިއީ ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ވާދަކޮށް ލައިބާ ހޯދި ހަތް ވަނަ މެޑަލް

އެސްޓޯނިއާގައި ކުރިއަށްދާ ޔޮނެކްސް އެސްޓޯނިއަން ޔޫތު އިންޓަނޭޝަނަލް މުބާރާތުގެ ޑަބަލްސް ބައިން ރާއްޖޭގެ ލައިބާ އަޙުމަދު މަޚްލޫފް (އެލީ) އަދި ޕޮލެންޑުގެ އޮލީވިއާ ޝެސްކާގެ ޕެއާ ރިހި މެޑަލް ހޯދައިފިއެވެ.

ލައިބާގެ ޕެއާ އިން ވަނީ ޑަބަލްސް ފައިނަލްގައި ވާދަކޮށްފައެވެ. ފައިނަލްގައި ނުކުތީ އަގޯޓާ އަދި ބީޓްރިސްގެ ޕެއާއާ ދެކޮޅަށެވެ. ފައިނަލް މެޗުގެ ފުރަތަމަ ސެޓު ލައިބާ އަދި އޮލީވިއާގެ ޕެއާ ވަނީ ކާމިޔާބުކޮށްފައެވެ. އެއީ 21-18 އިންނެވެ. ނަމަވެސް، އަގޯޓާ އަދި ބީޓްރިސްގެ ޕެއާ ވަނީ ޖެހިގެން އައި ދެ ސެޓު ވެސް ކާމިޔާބު ކޮށްފައެވެ. އެ ޕެއާ އިން ސެޓުތައް ކާމިޔާބު ކުރީ 10-21 އަދި 12-21 އިންނެވެ.

މި މުބާރާތުގެ ސިންގަލްސް ބައިގައި ވެސް ލައިބާ ވަނީ ވާދަކޮށްފައެވެ. ސިންގަލްސްގައި ލައިބާ ހިމެނުނު ގުރޫޕްގެ ތިން މެޗު ވެސް ވަނީ ކާމިޔާބުކޮށްފައެވެ. ގަދަ 16 ވަނަ ބުރުގައި ލައިބާ ބަލިވީ ވާދަވެރި ކުޅުމަކަށްފަހު، ދެ ސެޓު އެއް ސެޓުންނެވެ. 

މިއީ ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ވާދަކޮށް ލައިބާ ހޯދި ހަތް ވަނަ މެޑަލްއެވެ. މިހާތަނަށް ލައިބާ ވަނީ ދެ ރިހި މެޑަލް އަދި ފަސް ލޯ މެޑަލް ހޯދައިފައެވެ. ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ ދަރިފުޅު ލައިބާ އަކީ ރާއްޖޭގެ 11 އަހަރުން ދަށުގެ އެއްވަނަ ކުޅުންތެރިޔާއެވެ. އަދި ލައިބާ އަންނަނީ ރާއްޖޭގައި ބާއްވަމުން އަންނަ ބެޑެމިންޓަން މުބާރާތްތަކުގައި ވެސް ވާދަކޮށް، ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ.

- ކޮމެންޓް