ކ. މާލެ
|
8 ޑިސެންބަރ 2023 | ހުކުރު 07:28
އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް
އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯއިން އަނެއްކާވެސް ތެލުގެ އަގު ހެޔޮކޮށްފި
 
ޕެޓްރޯލް ލީޓަރަކުން 0.40 ލާރި އަދި ޑީސަލް ލީޓަރަކުން 0.45 ލާރި ވަނީ އަގު ހެޔޮކޮށްފައި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯ އިން ބުރާސްފަތި ދުވަހުގެ ރޭ ބުނީ އެ ކުންފުނިން ވިއްކާ ޕެޓްރޯލް ލީޓަރަކުން 0.40 ލާރި އަދި ޑީސަލް ލީޓަރަކުން 0.45 ލާރި ހުކުރު ދުވަހުން ފެށިގެން ހެޔޮކޮށްފައިވާ ކަމަށެވެ.

އެ ކުންފުނިން ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކީ 14.73 (ސާދަ ރުފިޔާ ހަތްދިހަ ތިން ލާރި) އަށެވެ. މި ބަދަލާއެކު މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކާނީ 14.33 (ސާދަ ރުފިޔާ ތިރީސް ތިން ލާރި) އަށެވެ.

އެ ކުންފުނިން ކުރިން ޑީސަލް ލިޓަރެއް ވިއްކަމުން އައީ 15.07 (ފަނަރަ ރުފިޔާ ހަތް ލާރި) އަށެވެ. ނަމަވެސް ހުކުރު ދުވަހުން ފެށިގެން ދެން ވިއްކާނީ ލީޓަރެއް 14.62 (ސާދަ ރުފިޔާ ފަސްދޮޅަސް ދެ ލާރި) އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް