ކ. މާލެ
|
7 ޑިސެންބަރ 2023 | ބުރާސްފަތި 11:15
ނާއިބުރައީސް ހުސައިން މުހައްމަދު ލަތީފް ޔުނާން ސްޕޯޓްސް ވަރކިންގ ޓީމްގެ ޓްރެއިނިންގ ބޭސް ބައްލަވާލައްވަނީ
ނާއިބުރައީސް ހުސައިން މުހައްމަދު ލަތީފް ޔުނާން ސްޕޯޓްސް ވަރކިންގ ޓީމްގެ ޓްރެއިނިންގ ބޭސް ބައްލަވާލައްވަނީ
ރައީސް އޮފީސް
ޔުނާން ސްޕޯޓްސް ވަރކިންގ ޓީމް
ނާއިބުރައީސް، ޔުނާން ސްޕޯޓްސް ވަރކިންގ ޓީމްގެ ޓްރެއިނިންގ ބޭސްއަށް ޒިޔާރަތްކުރައްވައިފި
 
ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ތަޤްރީރު ކުރައްވާނެ
 
ނާއިބުރައީސް ވަނީ، ޖޫޑޯ، ޖިމްނާސްޓިކްސް، ފެތުން އަދި އެހެން ކުޅިވަރުތަކުގެ ތަމްރީނުތައް ކުރިއަށްގެންދާ ތަނަށް ޒިޔާރަތްކުރައްވާފައި

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ޔުނާން ސްޕޯޓްސް ވަރކިންގ ޓީމްގެ ޓްރެއިނިންގ ބޭސްއަށް ޒިޔާރަތްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ، "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ޖޫޑޯ، ޖިމްނާސްޓިކްސް، ފެތުން އަދި އެހެން ކުޅިވަރުތަކުގެ ތަމްރީނުތައް ކުރިއަށްގެންދާ ތަނަށް ޒިޔާރަތްކުރައްވައި، ތަމްރީނުތައް ކުރިއަށްދާ ގޮތާއި އެ މަރުކަޒު ބައްލަވާލައްވާފައެވެ. އަދި އެ މަރުޒަކުގެ އިސްވެރިން ވަނީ ރާއްޖޭގެ އެތުލީޓުން ވެސް އެތަނުގައި ތަމްރީނުތައް ކުރިއަށްގެންދިއުމަށް އެދޭކަން ފާހަގަކުރައްވާފައެވެ.

ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ.) އިން އިންތިޒާމުކޮށްގެން ބާއްވާ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މި ހިނގާ ޑިސެމްބަރު 7-8 އަށް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އަރިހުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް