ކ. މާލެ
|
7 ޑިސެންބަރ 2023 | ބުރާސްފަތި 08:40
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން އަދި ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމު އަބްދުﷲ (އަދުރޭ)
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން އަދި ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމު އަބްދުﷲ (އަދުރޭ)
ސަން އޮންލައިން
ޕީޕީއެމް-ޕީއެންސީ
އަދުރޭ ޔާމީނަށް: ފޯކަސް ހުރީ މަޖިލިސް އިންތިހާބަށް، އެހެން ބަޔަކާ ކުރިމަތިލާން ޖެހޭނެތީ ނުވިސްނަން
 
މިހާރު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ސަރުކާރު ދަމަހައްޓަން މަޖިލީހުގެ ޣައުލަބިއްޔަތު ހޯދަން ކަމަށް އަބްދުއްރަހީމު ވިދާޅުވި

ސިޔާސީ ޕާޓީއެއް އުފައްދައި ހިންގުމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބޭ ޙައްގެއް ކަމުން، ރައީސް ޔާމީން ޕާޓީއެއް އުފެއްދަވާކަމާމެދު ނުވިސްނަވާ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން އަދި ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމު އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ޕީއެންސީގެ އޮފީސް، ސީ ޓްރެކް އިމާރާތުގެ 7 ވަނަ ފަންގިފިލާގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މިހާރު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ސަރުކާރު ދަމަހައްޓަން މަޖިލީހުގެ ޣައުލަބިއްޔަތު ހޯއްދަވަން ކަމަށެވެ. އެހެން ކަމުން އެކަން ވަރަށް ފޯރީގައި ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާ އެކު ރައީސް ޔާމީން އުފައްދަވާ އައު ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އަށް އިޝާރަތް ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ އަންނަ މަޖިލިސް އިންތިހާބުގައި ބަޔަކު ޕާޓީއެއް އުފައްދައިގެން ކުރިމަތިލާން ނުކުތް ނަމަވެސް، އެކަމާ ނުވިސްނަވާ ކަމަށެވެ.

އަދި އޭނާގެ ފޯކަސް ހުރީ ޕީޕީއެމް އަދި ޕީއެންސީގެ ކޯލިޝަނުން މަޖިލީހުގެ ސާފު ޣައުލަބިއްޔަތު ހޯދުމަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީ އުފައްދައި ހިންގުމަކީ އެއީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ ހައްގެއް. އެހެންވީމާ އެހެން ބަޔަކު ޕާޓީއެއް އުފައްދާތީ ނުވަތަ އެހެން ބަޔަކު ކުރިމަތިލާނެތީ އަޅުގަނޑުމެން ނުވިސްނަން. އަޅުގަނޑުމެން މި ވިސްނަނީ އަޅުގަނޑުމެންގެ ކޯލިޝަނަށް މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދަން
އަބްދުއްރަހީމު އަބްދުﷲ / ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު

އަބްދުއްރަހީމް މިފަދައިން ވިދާޅުވި އިރު، ބުދަ ދުވަހުގެ ރޭ ރައީސް މުއިއްޒު ވެސް، ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުގެ ރައީސުގެ ހައިސިއްޔަތުން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުރިހަމަ ޣައުލަބިއްޔަތެއް ހޯދޭނެ ކަމާމެދު ޔަގީންކުރައްވާ ކަމަށެވެ.

ކޮމެންޓް