ކ. މާލެ
|
27 ޖުލައި 2017 | ބުރާސްފަތި 11:47
އުތުރު ކޮރެއާގެ ސްޕްރީމް ލީޑަރު ކިމް ޖޮން އުން
އުތުރު ކޮރެއާގެ ސްޕްރީމް ލީޑަރު ކިމް ޖޮން އުން
ރޮއިޓަރސް
އުތުރު ކޮރެއާ-އެމެރިކާ
އެމެރިކާއަށް ނިއުކްލިއާ ހަމަލާއެއް ދޭން ޖެހިދާނެ: އުުތުރު ކޮރެއާ
އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ވަނީ ވަރަށް ގޯސްވެފައި

ސުޕްރީމް ލީޑަރުގެ މަގާމުން ކިމް ޖޮން އުން ދުރުކުރަން އެމެރިކާ އިން އުޅޭ ނަމަ އެ ގައުމަށް ވަރުގަދަ ނިއުކްލިއާ ހަމަލާއެއް ދޭން ޖެހިދާނެ ކަމުގެ އިންޒާރު އުތުރު ކޮރެއާ އިން ދީފިއެވެ.

މިިކަން ރިޕޯޓުކޮށްފައި ވަނީ އުތުުރު ކޮރެއާގެ ދައުލަތުން ހިންގާ މީޑިއާ ކޭސީއެންއޭ އިން އެވެ. އުތުރު ކޮރެއާ ިއިން މި އިންޒާރު  ދިނީ އެމެރިކާގެ ސީއައިއޭގެ ޑިރެކްޓަރު މައިކް ޕޮމްޕިއޯ ދެއްކެވި ވާހަކަފުޅުތަކަކާއި ގުޅިގެންނެވެ. އޭނާ ދާދިފަހުން ވިދާޅުވީ އުތުރު ކޮރެއާގެ ލީޑަރު ނިއުކްލިއާ ހަތިޔާރު ތަރައްގީކޮށް ގިނަ ކުރުމަށް ކުރާ މަަސައްކަތުން އޭނާ ދުރުކުރަން ޖެހޭ ކަމަށާއި އޭނާ މަގާމުން ވެސް ދުރުކުރަން ޖެހޭ ކަމަށެވެ.  އޭނާ އިތުރަށް ވިދާޅުވީ ނިއުކްލިއާ ހަތިޔާރުން މިހާރު އުތުރު ކޮރެއާ ގައި ތިބި ވެރިން ދުރުކުރަން މަގެއް ހޯދޭނެ ކަމަށް އުންމީދު އެބައޮތް ކަމަށާއި އުތުރު ކޮރެއާގެ ރައްޔިތުންނަކީ ވަރަށް ރަނގަޅު ބައެއް ކަމަށެވެ. އަދި އެ ރައްޔިތުން އުތުރު ކޮރެއާގެ ލީޑަރު ދާތަން ބަލަން ބޭނުންވާ ކަމަށެވެ. 

އުތުރު ކޮރެއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމަނަކާ ހަވާލާދީ ކޭސީއެންއޭ އިން ބުނީ އެ ގައުމުގެ ސްޕްރީމް ލީޑަރުގެ ޝަރަފާއި އިއްޒަތަށް އަރައިގަންނަ ނަަމަ، އެކަމުގައި ސީދާ ބައިވެރިވާ ގައުމުތަކާއި އަދި ނުސީދާ ގޮތުން ބައިވެރިވާ ގައުމުތަކަށް ހުރިހާ ހަމަލާއެއް ދޭން ތައްޔާރު ކަމަށާއި އޭގެ ތެރޭގައި ނިއުކްލިއާ ހަމަލާ ހިމެނޭ ކަމަށެވެ.  

އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް މިސައިލް ޓެސްޓްތަކާއި އަދި ނިއުކްލިއާ ހަތިޔާރު ފައްކާ ކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ. އެކަމުގެ ސަބަބުން ދެކޮރެއާ ސަރަހައްދު ވަނީ ހަލަބޮލިވެފައެވެ. އަދި އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ވެސް ވަނީ ވަރަށް ގޯސްވެފައެވެ. އުތުރު ކޮރެއާ އިން ކުރާ މިސައިލް ޓެސްޓްތަކާ އަދި ނިއުކްލިއާ ހަތިޔާރު ފައްކާ ކުރުމުގެ ޕްރޮގްރާމްތަކާ ގުޅިގެން އދ. އިން ދާދިފަހުން ވަނީ އުުތުރު ކޮރެއާއާ ދެކޮޅަށް އާ ދަތިކުުރުމުގެ ފިޔަވަޅުތަކެއްް ވެސް އަޅާފައެވެ.

 

 

 

 

 

 

 

- ކޮމެންޓް