ކ. މާލެ
|
5 ޑިސެންބަރ 2023 | އަންގާރަ 13:46
ސަލްމާން މިސްކިތް
ސަލްމާން މިސްކިތް
ޙާފިޡުން ހޯދަން އިއުލާންކުރުން
ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡުން ހޯދަނީ
2024 ފެބުރުވަރީ 22 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ހުށަހެޅޭނެ
ފައިސާ ދެވޭނީ އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާ ކޮންމެ ރެޔަކަށް -/500

1445 ވަނަ އަހަރު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡުން ހޯދަން އިއުލާނުކޮށްފިއެވެ.

މިނިސްޓްރީން ބުނީ، 1445 ވަނަ އަހަރު މާލޭސިޓީގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ދިވެހި ޙާފިޡުން ކަނޑައެޅިފައިވާ ފޯމު ފުރިހަމަކޮށް ލިޔުންތަކާއެކު، 2024 ފެބުރުވަރީ 22 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ހުށައެޅުމަށް އެދޭކަމަށެވެ.

އަދި ރަށްރަށުގެ މިސްކިތް ތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ދިވެހި ޙާފިޡުން ފޯމު ހުށަހަޅާނީ، ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި އަދި އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ދިވެހި ޙާފިޡުންނަށް އެލަވަންސް ފައިސާ ދެވޭނީ އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާ ކޮންމެ ރެޔަކަށް -/500 (ފައްސަސަތޭކަ) ރުފިޔާގެ މަގުންނެވެ. މިގޮތުން ގިނަވެގެން ފައިސާ ދެވޭނީ މިސްކިތަކަށް ދިވެހި 02 ޙާފިޡުންނަށްކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

- ކޮމެންޓް