ކ. މާލެ
|
5 ޑިސެންބަރ 2023 | އަންގާރަ 08:22
ފަތުރުވެރިން
ފަތުރުވެރިން
ވެލާނާ އެއާޕޯޓް
ފަތުރުވެރިކަމުގެ ދާއިރާ
ފަތުރުވެރިކަން: ޓާގެޓު ހާސިލްކުރުމަށް ބާކީ ބޭނުންވަނީ ދެ ލައްކަ ފަތުރުވެރިން
 
ރާއްޖެއިން މި އަހަރު ކަނޑައެޅީ 1.9 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.7 މިލިއަނަށް އަރައި، މި އަހަރު ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްވުމާ ގާތްވެއްޖެ އެވެ.

ރާއްޖެއިން މި އަހަރު ކަނޑައެޅީ 1.9 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. މި ލަނޑުދަނޑި ހާސިލްކުރުމަށް ރާއްޖެއަށް އަދި ގާތްގަޑަކަށް ދެ ލައްކަ ފަތުރުވެރިން ޒިޔާރަތްކުރަން ޖެހޭނެ އެވެ.

ފަތުރުވެރިކަމުގެ ވުޒާރާގެ ތަފާސް ހިސާބުތަކުން ދާއްކާ ގޮތުން، މި އަހަރު ކޮންމެ މަހަކު އެވްރެޖްގޮތެއްގައި ރާއްޖެއަށް 150،000 ފަތުރުވެރިން އާދެ އެވެ. އެގޮތުން މި އަހަރުގެ ޖެނުއަރީން މޭއި މަހުގެ ނިޔަލަށް ކޮންމެ މަހަކު ވެސް އާންމުކޮށް 170،000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި އިރު، މެއި އިން ޖުލައިގެ ނިޔަލަށް އެ އަދަދު 120،000 އަށް ވެއްޓުނެވެ.

އެހެން ނަމަވެސް އޮގަސްޓު މަހުން ފެށިގެން އާންމުކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން ގޮސް، މިދިޔަ މަހު ރާއްޖެއަށް 160،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. އެއީ ދުވާލެއްގެ އެވްރެޖްއަށް ބަލާނަމަ ގާތްގަޑަކަށް 6،500 ފަތުރުވެރިންނެވެ.

މިދިޔަ އަހަރު ރާއްޖެއިން ކަނޑައެޅީ ލަނޑުދަނޑި ކަމަށްވާ 1.6 މިލިއަން ފަތުރުވެރިން ރާއްޖެއިން ޙާސިލްކުރި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް