ކ. މާލެ
|
3 ޑިސެންބަރ 2023 | އާދީއްތަ 14:18
ހެއްޔާ މަކިޓާ 2023 ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
ހެއްޔާ މަކިޓާ 2023 ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެސްޓީއޯ
ހެއްޔާ މަކިޓާ 2023
ބޮޑެތި އިނާމުތަކާއެކު ހެއްޔާ މަކިޓާ 2023 ފަށައިފި
 
1 ވަނައަށް ދާ ފަރާތަކަށް މަކިޓާ ޝޯރޫމްގެ 30،000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭނެ

އެސްޓީއޯއިން ކުރިޔަށްގެންދާ ހެއްޔާ މަކިޓާ 2023 ޕްރޮމޯޝަން އާދީއްތަ ދުވަހު ފަށައިފިއެވެ.

ޑިސެމްބަރު 3 ވަނަ ދުވަހުން ފެށިގެން 2024 ޖެނުއަރީ 11 އަށް ކުރިޔަށްގެންދާ މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރ، މުހައްމަދު އީމާންއެވެ. އެސްޓީއޯ މަކިޓާ ޝޯރޫމްގެ އިތުރުން ރީޖަނަލް އައުޓްލެޓްތަކުގައި ވެސް މި މުއްދަތުގައި ޕްރޯޝަން ކުރިޔަށް ގެންދާނެއެވެ. ޕްރޮމޯޝަންގެ ދަށުން ކުރާ ކޮންމެ ފަސް ސަތޭކަ ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިލައްވާއިރު 30 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

މި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތްތަކުގެ ތެރެއިން 1 ވަނައަށްދާ ފަރާތަކަށް މަކިޓާ ޝޯރޫމްގެ 30،000 (ތިރީސް ހާސް) ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭނެއެވެ. އަދި ދެވަނައަށް 20،000 (ވިހި ހާސް) ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭ އިރު ތިންވަނައަށްދާ ފަރާތަކަށް 10،000 (ދިހަ ހާސް) ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭނެއެވެ.

މީގެ އިތުން މި ޕްރޮމޯޝަން ނިމެންދެން ކޮންމެ ހޮނިހިރު ދުވަހަކު މަކިޓާ ޝޯރޫމްގައި މަކިޓާ ޓޫލް ބޭނުންކޮށްގެން އިސްކުރު ޖެހުމުގެ މުބާރާތެއް ކުރިޔަށް ގެންދާނެއެވެ. މި މުބާރާތުގައި އެންމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެންމެ ގިނަ އިސްކުރު ޖަހާ ފަރާތެއް ހޮވައި އެ ފަރާތަކަށް މަކިޓާގެ އުފެއްދުންތައް އިނާމުގެ ގޮތުގައި ލިބޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް